English Edition
Dhivehi Edition
އައްޑޫ އީދި ސަމާ 1444 ބައިބަލާ މުބާރާތް ފޮޓޯ: އެކްސްޕްރެސް ނިއުސް

އައްޑޫސިޓީ ކައުންސިލުން އަޟްހާ ޢީދާއި ގުޅިގެން މުޅިސިޓީއަށް ހުޅުވާލައިގެން ބޭއްވޭ “އައްޑޫ ޢީދި ސަމާ 1445” ގެ ތެރެއިން ބައިބަލާ މުބާރާތެއް ބޭއްވުމަށް ނިންމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ އިދާރާތަކާއި، މުވައްސަސާތައް އަދި ޖަމިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެން ކަމަށެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހިތަދޫ އިޖުތިމާޢީ މަރުކަޒުގެ ގޯތި ތެރޭގައެވެ. މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 18:00 ގެ ކުރިން މައުލޫމާތު ސާފުކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

އައްޑޫސިޓީގައި ކޮންމެ އަހަރެއްގެވެސް އަޟްޙާ އީދު ކުލަގަދަކޮށް ފާހަގަކުުރުމުގެ ގޮތުން ބައިބަލާ މުބާރާތް ބާއްވަމުން އަންނައިރު 2023 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސްކޫޕް ކަންމަތި ސްޕޯޓްސް ކްލަބުންނެވެ. އަދި އައްޑޫ ސިޓީ މިސްޓަރ ބައިބަލާގެ މަގާމު ސޮފްވަތު ޒާހިރު (ސޮއްޕެ) ހޯދައިފިއެވެ.

މިދިޔަ އަހަރު ބޭއްވި މު މުބާރާތުގެ ފައިނަލުގައި ގިނަ މައްސަލަތަކެއް ދިމާވެފައިވާއިރު، ފައިނަލް މެޗުގައި ހިތަދޫ ޕޯޓްސް ލިމިޓެޑާ ވާދަކޮށް، ސްކޫޕަށް ޗެމްޕިއަންކަން ލިބިފައިވަނީ، އެޗްޕީއެލްއިން ކުރި ފައުލްއަކާއި ގުޅިގެން އަލުން މެޗް ކުޅުމަށް ރެފްރީން ނިންމުމާއެކު، އެޗްޕީއެލްއިން މެޗް ދޫކޮށްލުމުންނެވެ.