English Edition
Dhivehi Edition

އައްޑޫ ސިޓީގައި އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިއަށް ގެންދާ ‘އައްޑޫ އީދި ސަމާ 1445’ގެ ހަރަކާތްތައް މިރޭ ފަށައިފިއެވެ.

އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތްތައް މިރޭ އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގައިވެސް ވަނި ފަށާފައެވެ. މި ގޮތުން ލެންޓާންސް އެރުވުމާއެކު އީދި މަޅި ލުން ކުރިއަށް ގެންގޮސްފައިވައިރު އައްޑޫ ސިޓީ ހިތަދޫގައި ވަނީ ބޮޑު ބެރު ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އަޟްޙާ އީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 16 ޖޫން 2024 އިން 22 ޖޫން 2024ގެ ނިޔަލަށް 7 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައިވެސް ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ސިޓީގެ އަވަށްތަކުގައި މާލި ޕެރޭޑާ، ފެންސީ ޕެރޭޑުގެ އިތުރުން ވާދެމުމާއި ބައިބަލާ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަސް ރޭހާ ޓްރެޝާ ހަންޓު ބޭއްވުމަށް ނިންމާފައިވާއިރު އާއިލީ ހަވީރާ، ކުޑަކުދިންގެ ހަވީރުގެ އިތުރުން މިއުޒިކް ޝޯތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން އިސްނަގައިގެން ކޮންމެ އަހަރެއްގެ ވެސް އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތައްކެއް ކުރިއަށް ގެންދެއެވެ.