English Edition
Dhivehi Edition
އީދު ޖަގަޑާ ހަރަކާތުގެ ތެރެއިން ފޮޓޯ: އުރީދޫ

“އައްޑޫ އީދިސަމާ 1445” ހަރަކާތްތަކުގެ ތެރެއިން އީދި ގަލާ ޓްރެޝަރ ހަންޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 16 ޖޫން 2024 އިން 22 ޖޫން 2024ގެ ނިޔަލަށް 7 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި “އައްޑޫ އީދި ސަމާ 1445” ގެ ނަމުގައި ހަރަކާތްތައް ކުރިއަށް ދާނެކަމަށެވެ. އެގޮތުން “އީދިގަލާ ޓްރެޝަރ ހަންޓް” ގެ ނަމުގައި ޓްރެޝަރ ހަންޓެއް ބޭއްވުމަށްވަނީ ހަމަޖެހިފައިވާއިރު މި ޓްރެޝަރ ހަންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށެވެ.

މިރޭހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ޖުމްލަ 5 މީހުންގެ މައްޗަށް ހިމެނޭ 12 ޓީމަށެވެ. މި ހަރަކާތުގައި ބައިވެރިވާ ޓީމް މެންބަރުންނަކީ ގިނަވަގުތު ފައިމަގުގައި ހަރަކާތްތެރިވެވޭ ވަރުގެ ފަރާތްކަށް ވާންޖެހޭނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މިމުބާރާތުގެ ވަނަތަކަށް ހަމަޖެހިފައިވަނީ:

1 ވަނަ އިނާމު: 15،000 ރުފިޔާގެ ފާއިސާގެ އިނާމް

2 ވަނަ އިނާމު: 10،000 ރުފިޔާގެ ފާއިސާގެ އިނާމް

3 ވަނަ އިނާމު: 5،000 ރުފިޔާގެ ފާއިސާގެ އިނާމް

މި ހަރަކާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 10 ޖޫން 2024 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ. މި ހަރަކާތުގެ ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ ގޫގުލް ފޯމުންނެވެ.