English Edition
Dhivehi Edition
ފުވައްމުލައް ސިޓީގައި ކުރިއަށް ދިޔަ ހޭންޑްބޯލް މުބާރާތް 2020 ފޮޓޯ: ފޭސްބުކް

މި އަހަރުގެ އަޟްހާ އީދު ކުލަ ގަދަކޮށް ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ނިންމާފައިވާ ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫސިޓީގެ 6 އަވަށުގައި “އައްޑޫ އީދި ސަމާ 1445” ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން އައްޑޫ ސިޓީ މީދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އިތުރަށް ސިޓީ ކައުންސިލުން ބުނީ މިމުބާރާތުގައި ބައިވެރިވެވޭނީ އައްޑޫސިޓީގައި ޤާއިމްވެފައިވާ ސަރުކާރުގެ އޮފީސްތަކަށާއި، މުއައްސަސާތަކަށާއި އަދި ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ހަމައެކަނި އަންހެނުންނަށް ކަމަށެވެ.

އިތުރަށް ކައުންސިލުން ބުނީ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވައިދު މީދޫ އަވަށު އޮފީހުން އަދި އެއޮފީހުގެ ރަސްމީ ފޭސްބުކް ޕޭޖްއިން ޑައުންލޯންޑް ކުރެވެން ހުންނާނެކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 05 ޖޫން 2024 ވާ ބުދަ ދުވަހުގެ މެންދުރު 02:00 ގެ ކުރިންނެވެ. މި މުބާރާތުގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މީދޫ އަވަށު އޮފީހުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 02:00 އަށެވެ.