English Edition
Dhivehi Edition
ހުޅުމާލެ ފޭސް 2

ހުޅުމާލެ ފޭސް2 ގެ ޓާވަރެއްގެ އެޕާޓްމަންޓަރަށް މީހުން ގެންގޮސް ފޭރެމުންދާ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެކިއެކި ވާހަކަދައްކައިގެން މީހުން އެޕާޓްމަންޓަށް ގެންދާ މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މި މައްސަލަ ބަލަމުން އަންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ ކާކުކަން ނޭގޭ ނުވަތަ ގޮތްނޭގޭ މީހުން މި ގޮތަށް ތަންތަނަށް ދާން އެދުނު ކަމުގައި ވިޔަސް ނުދިއުމަށް އިލްތިމާސްކޮށްފައެވެ.

ފޭސް2 ގެ ބައެއް ޓަވަރު ތަކުގައި ފިރިހެނުން ‘ކިޑްނެޕް’ ކުރަމުންދާކަމަށް ބުނެ ދައުރުވަމުން އަންނަ މެސެޖުގައިވަނީ މިކަމަށް ކުޑަކުދިންނާއި ފިރިހެނުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.