English Edition
Dhivehi Edition
ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލް - ފޮޓޯ: ނިޝާން ޢަލީ/މިހާރު

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރަށް 6 މަސް ވެގެންދިޔައިރު މިނިސްޓްރީގެ މެންޑޭޓްތައް އަދިވެސް ފުރިހަމަ ނުކުރެވޭކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.

އެގޮތުން ރައީސް މުއިއްޒުއާއި އަބުދުއްރަޙީމް އަބްދުﷲ ފެ ފޮޓޯއެއް ޓެގް ކުރައްވާ މަލީހް ވިދާޅުވީ ސަރުކާރަށް 6 މަސް ވެގެންދިޔައިރު މިނިސްޓްރީގެ މެންޑޭޓްތައް އަދިވެސް ފުރިހަމަ ނުކުރެވޭކަމަށެވެ. އަދި އޮފީސްތަކުގެ އިންފޮމޭޝަން އޮފިސަރުން ހާމަނުކުރެވޭކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައިއެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ ވައުދުތައް ފުއްދާނެ އެކްޝަން ޕްލޭން އަދިވެސް ތައްޔާރު ނުކުރެވޭކަމަށާއި މަސައްކަތްކުރިޔަށް ދާގޮތް ހާމަކުރަން މިޑީއާ ބްރީފިންގ ތަކެއް ވެސް މި ސަރުކާރުން ނުބާއްވާކަމަށެވެ.

“ސަރުކާރަށް 6 މަސް ވެގެންދިޔައިރު މިނިސްޓްރީގެ މެންޑޭޓްތައް އަދިވެސް ފުރިހަމަ ނުކުރެވޭ. އޮފީސްތަކުގެ އިންފޮމޭޝަން އޮފިސަރުން ހާމަނުކުރެވޭ. ވައުދުތައް ފުއްދާނެ އެކްޝަން ޕްލޭން އަދިވެސް ތައްޔާރު ނުކުރެވޭ. މަސައްކަތްކުރިޔަށް ދާގޮތް ހާާމަކުރަން މިޑީއާ ބްރީފިންގ ތަކެއް ނުބާއްވާ.” މަލީހުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މަލީހު އަންނަނީ ރައީސް މުއިއްޒުގެ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރައްވަމުންނެވެ.