English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އުރީދޫ ފަން ރަން 2024 އިފުތިތާޙުކޮށްދެއްވައިފިއެވެ. މި ހަރަކާތް ކުރިއަށްދިޔައީ މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.

މި ރަސްމިއްޔާތުގައި މިއަންނަ އަހަރު އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައިވާތަން އިޢުލާން ކުރައްވާފައިވެއެވެ. އެގޮތުން މިއަންނަ އަހަރު އުރީދޫ ފަން ރަން ބޭއްވުމަށް ކަނޑައަޅުއްވާފައިވަނީ ފުވައްމުލައް ސިޓީގައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އުރީދޫގެ ފަރާތުން ފުވައްމުލައް ސިޓީގެ މޭޔަރަށް ހަނދާނީ ފިލާއެއްވެސް ހަވާލުކޮށްދެއްވާފައިވެއެވެ.

އުރީދޫ ފަން ރަން 2024 ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އުރީދޫ ފަން ރަން ބައިވެރިންގެ ޚާއްޞަ ސެލްފީއެއް ނަންގަވާފައެވެ.

އުރީދޫ ފަން ރަން 2024 އަކީ އުރީދޫއިން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ 6 ވަނަ ދުވުމެވެ. މި އަހަރު މި ދުވުމުގައި 6000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

ޓެގު