English Edition
Dhivehi Edition

އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެމަނިކުފާނު އަވަހާރަވެއްޖެއެވެ.

މި ހެލިކޮޕްޓަރުގައި ދަތުރުކުރެއްވީ ރައީސް އާއި ހާރިޖީ ވަޒީރު ހޮސައިން އަމްރު އަބްދުއްލޯހިޔާން އާއި ތަބްރީޒީ މިސްކިތުގެ އިމާމު އާޔަތުއްލޯ އަލްހާޝެމީ އާއި އަޒަރުބައިޖާންގެ އިރުމަތީ ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހްމަތީ އެވެ.

އީރާނުގެ ރެޑް ކްރެސެންޓުގެ އޮފިޝަލުން ބުނީ ހެލިކޮޕްޓަރު އޮތް ސަރަހައްދަށް ދެވުނު ނަމަވެސް ހެލިކޮޕްޓަރު ތެރެއިން ދިރިހުރި އެއްވެސް މީހެއްގެ ހިލަމެއް ނުވާ ކަމަށެވެ.

އީރާނުގެ ރައީސް އަޒަރުބައިޖާނުން ފުރާވަޑައިގަތީ އީރާނުގެ އެއާފޯސްގައި ބޭނުން ކުރާ ‘ބެލް 212’ މަރުކާގެ ހެލިކޮޕްޓަރެކެވެ.