English Edition
Dhivehi Edition

މި ނިމިގެންދާ 2017 ވަނަ އަހަރަކީ ފިލްމީ ދާއިރާއަށް ގިނަ އާތަރިންތަކެއް ތައާރަފްވެގެން ދިޔަ އަހަރެކަށެވެ. ހަމަ އެއާ އެކު ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިންތަކެއް ވަކިވެގެން ދިޔަ އަހަރެއްވެސް މެއެވެ. މި އަހަރު މަޝްހޫރު ގިނަ ތަރިންތަކެއް ކުއްލިއަކަށް މަރު ވެގެން ދިޔުން ވެގެން ގޮސްފައިވަނީ ގިނަ ބަޔަކަށް ފުން ހިތާމައެއް ގެނުވި ކަމަކަށެވެ

ބޮލީވުޑްގެ މަންމަގެ ގޮތުގައި އެންމެންގެ ލޯބި ހޯދާފައިވަ ރީމާ ލަގޫ މަރުވެފައިވަނީ 18 މެއި 2017 ވަނަ ދުވަހު މުމްބާއީގައެވެ. ހަމް އާޕްކީހޭ ކޯން، ކަލް ހޯނަހޯ، ރަންގީލާ، ކުޗް ކުޗް ހޯތާހާ، ޔޭސް ބޮސް ފަދަ މަޝްހޫރު ފިލްތައް ކުޅެފައިވާ ރީމާ މަރުވިއިރު ކުޅެމުން ދިޔައީ ސްޓާ ޕްލަސް އިން ދައްކަމުންދާ ޑްރާމާ ނާމް ކަރަންއެވެ

މޮޑެލްކުރުމާއި އެކްޓްކުރުމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސޯނިކާ ސިން ޗޯހާން މަރުވެފައިވަނީ 29 އެޕްރީލް 2017 ވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައެވެ. ބަންގާޅި އެކްޓަރ ވިކްރަމް ޗަތަރްޖީ އާއި އެކު ކާރުގައި ދަނިކޮށް ހިނގި އެކްސިޑެންޓެއްގައި ސޯނިކާވަނީ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން މަރުވެފައެވެ. މި އެކްސިޑެންޓުގައި ވިކްރަމްއަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ

ސަލްމާން ހާންގެ ވޯންޓެޑުން މަޝްހޫރުކަން ހޯދާފައިވާ އިންދަރް ކުމާރު މަރުވެފައިވަނީ 29 ޖުލައި 2017 ވަނަ ދުވަހު ހާޓްއެޓޭކެއް ޖެހިގެންނެވެ. ފިލްމީ ދާއިރާއަށްވުރެ އަމިއްލަ ދިރިއުޅުމުގައި ޖެހެމުންދިޔަ މައްސަލަތަކުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އިންދަރް މަރުވި އިރު ކުޅެމުންދިޔައީ ޕަތީ ޕެއިޑް ހޭ ޔާރް އެވެ

މަހާކާލީ އަންތްހޭ އަރަމްބުގެ މުހިއްމު ދެތަރިންކަމުގައިވާ ގަގަން ކަންގް އާއި އަރްޖިތް ރަވާނީ ވެސް މަރުވެފައިވަނީ 2017 ވަނަ އަހަރު ހިނގި އެކްސިޑެންޓެއްގައެވެ. 19 އޯގަސްޓް 2017 ވަނަ ދުވަހު އެ ދެތަރިން ދުއްވާފައިދިޔަ ކާރު ކޯންޓްރޯލް ނުކުރެވި ހިނގި އެކްސިޑެންޓުގައި މަހާކާލްގެ ސްޕޯޓްބޯއި އެއްވެސް ވަނީ މަރުވެފައެވެ

 

ޓެގު