English Edition
Dhivehi Edition

“އައްޑޫ އީދިސަމާ 1445” ހަރަކާތްތަކުގެ ތެރެއިން ސޯޝަލް މީޑިއާ ވީޑިއޯ މުބާރާތެއް ބޭއްވުމަށް ނިންމާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ އަޟްޙާ އީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 16 ޖޫން 2024 އިން 23 ޖޫން 2024ގެ ނިޔަލަށް 8 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި “އައްޑޫ އީދި ސަމާ 1445” ގެ ނަމުގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެ ގޮތުން ކައުންސިލުން ބާއްވާ މި ވީޑިއޯ މުބާރާތުގައި އައްޑޫ ސިޓީ ގެ ރައްޔިތުންގެ އިތުރުން އެ ސިޓީއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މުބާރާތުގެ އިނާމުތައް:
1 ވަނަ އިނާމު: 7,000 ރުފިޔާގެ ފާއިސާގެ އިނާމް
2 ވަނަ އިނާމު: 5,000 ރުފިޔާގެ ފާއިސާގެ އިނާމް
3 ވަނަ އިނާމު: 3,000 ރުފިޔާގެ ފާއިސާގެ އިނާމް

މި ވީޑިއޯ މުބާރާތުގައި ބައިވެރިވުމުގެ އުސޫލުތަކުގެ ތެރޭގައި

  • މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ވީޑިއޯއެވެ.
  • މުބާރާތުގައި ބައިވެރިވުމަށް އައްޑޫ ސިޓީގައި ޢީދު ފާހަނގަ ކުރާމަންޒަރު ދައްކުވައިދޭ ވީޑީއޯ/ރީލް ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
  • މުބާރާތުގައި ބައިވެރިވާ ބައިވެރިން ފޮނުވާ ވީޑިއޯ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުގައި 23 ޖޫން 2024 ވާ އާދީއްތަ ދުވަހު ހިއްސާކުރެވޭނެއެވެ.
  • މި މުބާރާތުގެ ވަނަތައް ވަޒަންކުރެވޭނީ ސޯޝަލް މީޑިއާގައި ލިބޭ ލައިކް އަދި ހާރޓް ރިއެކްޓްތަކަށް 80 އިންސައްތަ މާރކްސް އަދި ފަނޑިޔާރުންގެ ޕެނަލްގެ 20 އިންސައްތަ މާރކްސް އަށް ބަލައިގެންނެވެ.
  • މީސްމީޑީއާ އިން ލިބޭ ރިއެކްޓްތައް ބަލައިގަނެވޭނީ 24 ޖޫން 2024 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.
  • އެންމެ ގިނަ ލައިކް އަދި ހާރޓް ރިއެކްޓް ލިބޭ 10 ފަރާތެއް ހޮވާ، ފަނޑިޔާރުންގެ ޕެނަލުން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވާލެވޭނެއެވެ.
  • މުބާރާތުގެ ވަނަތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ 25 ޖޫން 2024 ގައެވެ.
  • މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަހަކީ 23 ޖޫން 2024 ވާ ހޯމަ ދުވަހު ރޭގަނޑު 22:00އެވެ.