English Edition
Dhivehi Edition
2022 ވަނަ އަހަރު އަޟްހާ އީދުގައި އައްޑޫ ސިޓީ މީދޫގައި އުޟްހިޔާ ކަތިލުން

މި އަހަރުގެ އަޟްހާ އީދު ފާހަނގަކުރުމުގެ ގޮތުން އުޝްހިޔާ ކަތިލުމަށް، 30 ބަކަރި ހޯދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2024 މޭ 14 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން 2024 މޭ 20 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމަޔަށް އެއިދާރާ އަށް ބީލަން ހުށަހެޅުމަށް އެދިފައެވެ. މި މަސައްކަތުގެ ބީލަންހުޅުވުން އޮންނާނީ 2024 މޭ 27 ވާ ހޯމަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

އައްޑޫ ސިޓީ ކައުންސިލުން އަޟްހާ އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އަންނައިރު މިދިޔަ އަހަރުވެސް އެ ކައުންސިލުން ވަނީ އުޟްހިޔަ ކަތިލުމަށް ނިންމާފައެވެ. އެހެންނަމަވެސް އެ އަހަރު ބޭނުންވާ އަދަދަށް ބަކަރި ނުލިބުމާ ގުޅިގެން ކައުންސިލުން ވަނީ ފަހުން އެކަން ހުއްޓާލާފައެވެ. އައްޑޫ އީދި ސަމާ 1445 ގެ ނަމުގައި މިއަހަރުވެސް އަޟްހާ އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.