English Edition
Dhivehi Edition

މި އަހަރުގެ އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އަންހެން ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ 1445ވަނަ އަހަރުގެ އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، އައްޑޫސިޓީގެ 6 އަވަށުގައި “އައްޑޫ އީދި ސަމާ 1445” ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ނިންމާފައިވާކަމަށެވެ. އެގޮތުން ފޭދޫ އަވަށުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ އަންހެން ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މުބާރާތުގައި ބައިވެރި ވެވޭނީ އައްޑޫއަށް ނިސްބަތްވާ އައްޑޫގެ ޓީމްތަކަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވައިދު ފޭދޫ އަވަށު އޮފީހުން ލިބެން ހުންނާނެކަމަށެވެ. މިމުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ 26 މޭއި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 02:00 ގެ ކުރިންނެވެ.

މިމުބާރާތުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފޭދޫ އަވަށު އޮފީހުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00ން މެންދުރު 02:00 އަށެވެ.