English Edition
Dhivehi Edition

އައްޑޫސިޓީގައި ނިމިގެންދިޔަ ބެޑުމެންޓަން ފިއެސްޓާ އެސިޓީގެ ރައްޔިތުން މިވަރަށް ބަލައިގަންނާނެ ކަމަށް ކުރީން ހީވެސް ނުކުރާކަމަށް ބެޑުމިންޓަން އެސޯސިއޭޝަނުގެ ރައީސް ވިދާޅުވެއްޖެއެވެ.

ބެޑުމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އޭއޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި އިވެންޓް ނިމިގެންދިޔައީ ހީވެސްނުކުރާ ވަރަށްވުރެ ކާމިޔާބުކަމާއެކު ކަމަށެވެ. އެހާ ކާމިޔާބު ކަމާއެކު އިވެންޓު ލިންމާލެވުނީ ވަރަށްގިނަ ބައެއްގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

“އެންމެފުރަތަމަ ކަމަކަށް އަޅުގަނޑު ހީއެއްނުކުރަން އައްޑޫސިޓީގައިތިބި މީހުން މިހާބޮޑަށް މީތި ބަލައިގަންނާނެ ކަމަކަށެއް. ސްކޫލްތަކުގެ ޗުއްޓީއަކާ ދިމާވުމުންވެސް އަޅުގަނޑުމެން ހީކުރިވަރަށްވުރެ ސްކޫލްތަކުގެ ބައިވެރިވުންވެސް މާރަނގަޅަށް ލިބުނު. ޚާއްސަކޮށް ވިމެންއިން ބެޑުމިންޓަން ޕްރޮގްރާމް އަޅުގަނޑުމެން އެކިތަންތަނުގައި ރާވައި ކުރިއަށް ގެންދިޔައިރު ކޮންމެ ތަނެއްގައިވެސް އަޅުގަނޑުމެން ހީކުރިވަރަށްވުރެ މާގިނަ މީހުން ބައިވެރިވި،” މޫސަ ވިދާޅުވިއެވެ. އިތުރު މީހުންވެސް އޭގައި ބައިވެރިވާން ބޭނުންވެގެން ހުށަހެޅި ކަމަށް މޫސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބެޑުމިންޓަން ކޯޗިން ލެވެލް ވަންއާއި، ޝަޓަލް ޓައިމްވެސް ނިމިގެންދިޔައި އެތައް ބައެއްގެ ބައިވެރިވުމާއެކުގައި ކަމަށެވެ. “އަޅުގަނޑުމެން ހީކުރިވަރަށްވުރެ އަދަދު އިތުރުވެގެން އަޅުގަނޑުމެން ކޯޗުންނާ ވާހަކަ ދައްކައިގެން ބައިވެރިވުމުގެ ފުރުސަތު އިތުރުމީހުންނަށްވާނީ ދީފައި. ކަންދިމާވި ގޮތުން އެންމެވެސް ފާސްވެގެން ނިމިގެންދިޔައީ،” މޫސަ ވިދާޅުވިއެވެ. އޭނާވިދާޅުވީ ކޯހުންވެސް ނެރެވުފައިވަނީ “އަޅުގަނޑުމެން އެކްސްޕެކްޓް ކުރި އެއްޗަކަށްވުރެވެސް މާ ރަނގަޅަށް ނަތީޖާއެއް” އޭނާ ވިދާޅުވިއެވެ.