English Edition
Dhivehi Edition

އައްޑޫސިޓީގައި މިހާރު ކުރިއަށްދާ އިކުއެޓޯރިއަލް ބެޑުމިންޓަން ފިއެސްޓާ ނިންމުގެ ރަސްމިއްޔާތު މާދަމާރޭ އޮންނާނެއެވެ.

މިމަހު 15 ގައި ފެށި މި ފިއެސްޓާގައި ޖުމްލަ 4 އިވެންޓެއް ކުރިއަށް ގެންދިޔައެވެ. އެއީ ޝަޓަލް ޓައިމް، ވިމެންއިން ބެޑުމިންޓަން، ޕެރަބެޑުމިންޓަން، އަދި ލެވެލް އެކެއްގެ ކޯޗުން ތަމްރީންކުރު ހިމެނެއެވެ.

މީގެ ތެރޭގައި ހިމެނޭ ކޯޗުން ތަމްރީންކުރުން ނޫން އެހެން ބައިތައް މިހާރުވަނީ ނިމިފައެވެ. މި ފިއެސްޓާގެ މައިގަނޑު ބޭނުމަކީވެސް ކޯޗުން އުފެއްދުން ކަމަށް ބެޑުމިންޓަން އެސޯސިއޭޝަނުންވަނީ ބުނެފައެވެ. އެ އެސޯސިއޭޝަނުން ވިދާޅުވެފައިވަނީ “ފިއެސްޓާގެ ބޭނުމަކީ ބީޑަބްލިޔުއެފް ސެޓިފައިޑް ލެވެލް އެކެއްގެ ފެންވަރު ރަނގަޅު ކޯޗުން އުފެއްދުން،” ކަމަށެވެ. ލެވެލް އެކެއްގެ ކޯޗިން ކޯހުގައި 16 މީހަކުބައިވެރިވެ ގެންދަނީ ކޯސް ފުރިހަމަ ކުރަމުންނެވެ. އޭގެ ތެރެއން ފާސްވެ ލައިންސަންސް ލިބޭނީ ކިތައް މީހުންނަށް ކަމެއް ނޭނގެއެވެ.

ލެވެލްއެކެއްގެ ކޯޗިން ކޯސްފުރިހަމަކުރާ މީހުން އެސެސް ކުރުމަށްފަހު ވޯލްޑް ބެޑުމިންޓަން ފެޑެރޭޝަންގެ އިންޓަރނޭޝަނަލް ލައިސެންސެއް ލިބޭނެއެވެ.
ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާރޭ 8:15 ގައި ހިތަދޫ ޔޫތުސެންޓަރުގައެވެ.