މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީތަކުން ނަގާ އަގުތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތަކުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) ޑޮމެސްޓިކް ޓާމިނަލަށް ދާ ދަތުރުތަކުގައި އިތުރު 10 ރުފިޔާ ނެގޭނެ އުސޫލު ހިމެނެއެވެ.
އައު ނިޒާމުގެ ދަށުން، 6-4 ސީޓު ހުންނަ ޓެކްސީތަކުން ޑޮމެސްޓިކް ޓާމިނަލަށް ދާ ދަތުރުތަކުގައި ކަނޑައެޅިފައިވާ އަގަށް 10 ރުފިޔާ އިތުރުކުރެވޭނެއެވެ. ހަމައެހެންމެ، 10-7 ސީޓު ހުންނަ ޓެކްސީތަކުން ކުރާ މިފަދަ ދަތުރުތަކުގައި އިތުރު 15 ރުފިޔާ ނެގޭނެއެވެ.
ޓެކްސީ އަގުތަކަށް ގެނެވުނު އިތުރު ބަދަލުތަކުގެ ތެރޭގައި، މާލެ، ހުޅުމާލެ، ވެލާނާ އެއާޕޯޓު އަދި ހުޅުލެއަށް ކުރާ ދަތުރުތަކުގެ އަގުތައް ހިމެނެއެވެ. އަދި ކަނޑައެޅިފައިވާ އަގުތަކަށް ޓެކްސީތަކުން ޢަމަލުކުރޭތޯ ޓްރާންސްޕޯޓް މިނިސްޓްރީން މޮނިޓަރކުރާނެ ކަމަށާއި، މި މަސައްކަތުގައި ފުލުހުންގެ އެހީތެރިކަންވެސް ހޯދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަލަށް ކަނޑައެޅިފައިވާ ޓެކްސީ އަގުތަކަށް ޢަމަލުކުރަން ފަށާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.
7-10 ސީޓްއާއި ދެމެދުގެ އުޅަނދުތައް:
މާލެ، ހުޅުމާލެ ފޭސް 1 އަދި ހުޅުމާލެ ފޭސް2 ގެ އެތެރޭގެ ދަތުރު 45ރ
މާލެ އިން ހުޅުމާލެ ފޭސް1 އަށް، އަދި ހުޅުމާލެ ފޭސް1 އިން މާލެ އަށް 130ރ
މާލެ އިން ހުޅުމާލެ ފޭސް2 އަށް، އަދި ހުޅުމާލެ ފޭސް 2 އިން މާލެ އަށް 155ރ
މާލެ އިން ހުޅުލެއަށް، އަދި ހުޅުލެއިން މާލެ އަށް 110ރ
ހުޅުމާލެ ފޭސް 1 އިން ހުޅުލެއަށް، އަދި ހުޅުލެ އިން ހުޅުމާލެ ފޭސް 1 އަށް 125ރ
ހުޅުމާލެ ފޭސް 2 އިން ހުޅުލެއަށް، އަދި ހުޅުލެ އިން ހުޅުމާލެ ފޭސް 2 އަށް 130ރ
ހުޅުމާލެ ފޭސް1 އިން ހުޅުމާލެ ފޭސް2 އަށް، އަދި ހުޅުމާލެ ފޭސް 2 އިން ހުޅުމާލެ ފޭސް2 އަށް 60ރ
މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް މި ކެޓެގަރީގެ އުޅަނދުތަކުން ކުރާ ދަތުރުތަކުގައި އިތުރަށް 15ރ ނެގޭނެކަމަށްވެސް މިނިސްޓްރީން ކަނޑައެޅި އައު އަގުތަކުގައިވެއެވެ.
6-4 ސީޓްއާއި ދެމެދުގެ އުޅަނދުތައް:
– މާލެ އިން ހުޅުމާލެ ފޭސް1 އަށް 85ރ.
– މާލެ އިން ހުޅުމާލެ ފޭސް2 އަށް 100ރ.
– މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 70ރ.
– ހުޅުމާލެ ފޭސް1 އިން މާލެ އަށް 85ރ.
– ހުޅުމާލެ ފޭސް1 އިން ހުޅުމާލެ ފޭސް2 އަށް 40ރ.
– ހުޅުމާލެ ފޭސް1 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 80ރ.
– ހުޅުމާލެ ފޭސް2 އިން މާލެ އަށް 100ރ.
– ހުޅުމާލެ ފޭސް2 އިން ހުޅުމާލެ ފޭސް1 އަށް 40ރ.
– ހުޅުމާލެ ފޭސް2 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 85ރ.
– ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށް 70ރ.
– ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ ފޭސް1 އަށް 80ރ.
– ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ ފޭސް2 އަށް 85ރ.