English Edition
Dhivehi Edition
ޓެކްސީ ޑްރައިވަރުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމްގެ 2020 ވަނަ އަހަރުގެ ދެވަނަ ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: ޕޮލިސް

ޓެކްސީގެ ޚިދުމަތަަށް އަލަށް ނުކުންނަ މީހުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމުގެ މި އަހަރުގެ ދެވަނަ ޕްރޮގްރާމް ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ އެ ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޑުން ކުރިއަށް ގެންދާ އެ ތަމްރީނު ޕްރޮގްރާމުގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްތައް މަދުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތުދީ ޓެކްސީ ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތުދޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި 266 މީހަކު ބައިވެރިވެފައިވާއިރު، މައުލޫމާތު ދިނުން ކުރިއަށް ގެންދާނީ ގްރޫޕް ތަކަކަށް ބަހާލައިގެން ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ޓެކްސީ ޑްރައިވަރުންނަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެެވެ.