English Edition
Dhivehi Edition

ޓެކްސީތަކުން ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނަގާކަމުގެ ޝަކުވާތައް އާންމުވެފައިވާތީ، ޓެކްސީ ހިދުމަތުގެ މައްސަލަ ހައްލުކޮށް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

“އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ ފެންވަރު ރަނގަޅު އަދި ޒަމާނީ ޓެކްސީ ހިދުމަތެއް އާންމުންނަށް ފޯރުކޮށްދިނުމަށް. މިގޮތުން ޓެކްސީ ހިންގުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފައި، ކަސްޓަމަރުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް، ހާއްސަކޮށް ޓެކްސީ ލައިނެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރިއަށްދާ،” ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލެއް މިއަދު ބުންޏެވެ.

ޓެކްސީ އަގުތަކުގައި އެކި މީހުން އެކި އަގު ނަގާ މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން ވަނީ ކިޔުއާރު ކޯޑެއް ތައާރަފްކޮށްފައެވެ. މި ކޯޑް މެދުވެރިކޮށް މައްސަލަތައް ރިޕޯޓު ކުރެވޭނެއެވެ. މިހާތަނަށް 30 އަށްވުރެ ގިނަ ޝަކުވާ އެ ކޯޑު މެދުވެރިކޮށް ލިބިފައިވާ ކަމަށް މިނިސްޓްރީ އިން މިއަދު ވަނީ ބުނެފައެވެ.

“ޝަކުވާތައް ބެލުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލެވި ކޮންމެ މައްސަލައެއް ވަކިން ތަހުގީގުކޮށް ޑްރައިވަރުންނަށް ނަސޭހަތްދެމުން އަންނީ. އަދި މައްސަލަތައް ތަކުރާރު ނުވާނެގޮތަށް ފިޔަވަޅު އަޅަމުންދަނީ،” މިނިސްޓްރީގެ އިސްވެރިއަކު ވިދާޅުވިއެވެ.

ނަމަވެސް ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކުރުމަށް އިތުރު ގިނަ މަސައްކަތްތަކެއް ކުރަން ބޭނުންވާނެ ކަމަށާއި، އެކަމަށް ސަރުކާރުން އިސްކަންދޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.

ޓެގު