English Edition
Dhivehi Edition
ލެގަސީއިން މީގެ ކުރިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން

ޒަމާނީ ޓެކްނޮލޮޖީއާއިއެކު ހުޅުމާލޭގައި، އާންމުންނަށް ފިޓްނަސްގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ލެގަސީ ފިޓްނަސް އިން އިތުރު ދެ ކޯހަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިދިޔަ ޖޫން މަހު ކާމިޔާބު ކަމާއެކު ބޫޓް ކޭމްޕް އިންސްޓްރަކްޓަރ ކޯސްއެއްވެސް ކުރިއަށް ގެންގޮސްފައިވާ ލެގަސީ އިން މިފަހަރު ހުޅުވާލާފައިވަނީ ސާރޓިފައިޑް ފިޓްނަސް ޕްރެކްޓިޝަނަށ” ކޯހަކާއި ” ބަމްޕް އެންޑް ބިއޯންޑް ” ނުވަތަ މާބަނޑުދުވަސްވަރާއި ފުރަބަންދު ނުވަތަ ވިހައިގެން ކުރެވޭނެ ކަސްރަތުތަކަށް ބައްޓަން ކޮށްފައި ވާ ކޯހެކެވެ.

ފުރަތަމަ ޕްރޮގްރާމް ސަރޓިފައިޑް ފިޓްނަސް ޕްރެކްޓިޝަނަރ މޮޑިއުލް 1 (އެކްސްސައިޒް ކޯޗިންގް) ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަންނަ އޮކްޓޯބަރު މަހުގެ 28 އިން 31 ނިޔަލަށް ހެދުނު 9 އަކުން 5:00 އަށެވެ. އަދި ދެވަނަ ޕްރޮގްރާމް، “ބަމްޕް އެންޑް ބިއޯންޑް ” ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 11 އަދި 12 މި ދެ ދުވަހު، ހެނދުނު 8:30 އިން ހަވީރު 4:30 އަށެވެ.

ލެގަސީ އިން މި ޕްރޮގްރާމް ތަކާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން މެނޭޖިން ޑިރެކްޓަރ ރިޔާޝް ރިޔާޒް ވިދާާޅުވީ ފިޓްނަސްދާއިރާގައި މަސައްކަތްކުރާ އަދި މަސައްކަތް ކުރަން ބޭނުންވާ ކުދިންނަށް އެފަދަ ފުރުސަތެއް ހުޅުވާ ފަސޭހަ އަދި ލުއިކަމާއި އެކު ބައިނަލްއަގުވާމީގޮތުން ގަބޫލުކުރެވޭ ކޯސްތަކެއް ދިވެހީންނާއި ހަމައަށް ފޯރުކޮށްދިނުމަކީ ލެގަސީގެ އެއްއަމާޒު ކަމަށެވެ.

” އެގޮތުން މިއަންނަ އޮކްޓޯބަރު މަހުގައި ރޭވިފައިވަނީ މީގެ ކުރިން ވިދިވިދިގެން ތިންބެޗެއް ފުރިހަމަކޮށް ސާޅީހަށް ވުރެގިނަ ފިޓްނަސް ޓުރެއިނަރުންތަކެއް މިދާއިރާއަށް ނެރެދިނުމަށް މަގުފަހިވި ކޯހެއް ކަމަށްވާ ސާރޓިފައިޑް ފިޓްނަސް ޕްރެކްޓިޝަނަށް. މިއީ ރާއްޖޭގައި ބޭއްވުނު ކޯސްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަދި އެއްމެ މަގުބޫލުވި އެއްކޯސްކަން ފާހަގަކޮށްލަން” ރިޔާޝް ވިދާޅުވިއެވެ.

ލެގަސީއިން ބުނީ ޒަމާނަށް އަންނަ ބަދަލާއި އާހޯދުންތަކާއި އެއްވަރަށް ފިޓްނަސްއަކީ އަބަދުމެ ބަދަލުވަމުންދާ އެއްޗަކަށްވެފައި އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ ކޯސް ސިލަބަސް އަދި ސްޓަރަކްޗަރއަށް ބޮޑެތި ބަދަލު ގެނެސްފައިވާނެ ކަމަށެވެ. އެގޮތުން ތިން މޮޑިއުލްއަކަށް ކޯސް ފަރުމާކުރެވި ކޯހުގެ މުއްދަތުވެސް ވާނީ އިތުރުކުރެވިފައި ކަމަށެވެ.

” ފުރަތަމަ ރޭވިފައި މިއޮތީ މޮޑިއުލް އެކެއް – އެކްސަސައިޒް ކޯޗިންގް ނުވަތަ ފިޓްނަސް އިންސްޓްރަކްޓަރ ބައި. މިކޯހުގެ އަލީގައި ތަފާތު ހާލަތްތަކުގައްޔާއި ތިމާއަށް ދިމާވާ އެކިއެކި ކުލައިންޓުންނަށް އެމީހެއްގެ ހަށިގަނޑާއި ފިޓްނަސް ލެވެލް އަށް ބަލައި އެމީހަކަށް އެކަށޭނެ ރަނގަޅު ޕްރޮގުރާމްތަކެއް ފަރުމާ ކުރަން ދަސްވެ، ކަސްރަތުގެ ރަނގަޅާއި ނުރަނގަޅު ވަކިކުރަން އެނގި، ޓްރެއިނަރުގެ ސުލޫކީމިންގަނޑު ހިފެހެއްޓުމަށް ކުރަންޖެހޭ ކަންކަން ދަސްވެގެންދާނެ. މީގެ އިތުރުން ޖިމްތަކާއި އޮންނަންޖެހޭ ގުޅުން ބަދަހިކޮށް މިދާއިރާއަށް އާ ޒުވާނުން ނެރެދިނުމުގެ މަގުސަދުގައި އަޅުގަނޑުމެން ވާނީ ޖިމްތަކަށްވެސް ހާއްސަ އަގުތަކެއް ކަނޑައަޅާދީފައި “ރިޔާޝް ވިދާޅުވިއެވެ.

ކޯސްތަކާ ބެހޭ ގޮތުން އިތުރަށް މައުލޫމާތު ދެއްވަވަމުން ރިޔާޝް ވިދާޅުވީ ދެވަނަ ކޯހެއްގޮތުގައި ތާވަލުކުރެވިފައިވަނީ ރާއްޖޭގެ ހާލަތްތަކަށްބަލައި އެކަމަކަށް ހޭލުންތެރިކަން ކޮންމެހެން ބޭނުންވާ އެއްކޯހެއް ކަމަށެވެ.

“އެއީ ބަމްޕް އެންޑް ބިއޯންޑް، ނުވަތަ މާބަނޑުދުވަސްވަރާއި ފުރަބަންދު ނުވަތަ ވިހައިގެން ކުރެވޭނެ ކަސްރަތުތަކަށް ބައްޓަން ކޮށްފައި އިންކޯހެއް. މީކޯސް ރޭވިފައިވަނީ ނޮވެމްބަރ މަހުގެ 11އަދި 12 ވަނަ ދުވަހު. މީކޯހުގައި ޒަރީއާން މާބަނޑު ދުވަސްވަރާއި ވިހެއުމަށް ފަހު ހަށިގަނޑަށް އަންނަ ބަދަލުތަކާއި ކެއުން ބަހައްޓާނެ ރަނގަޅު ގޮތްތަކާއި މަންމައިންނަށް ކުރިމަތިވާ އުނދަގޫތައް ކުޑަކުރުމަށް ކުރެވޭނެ ތަފާތު ކަސްރަތުތަކާއި، ޕެލްވިކް ފްލޯ ވަރުގަދަކޮށްދޭނެގޮތާއި، އެކިޓްރައިމިސްޓަރ ތަކައް އެކަށޭނެ ވޯކްއައުޓް ޕުލޭނެއް ހަދަންދަސްވެގެންދާނެ ޕްރޮގްރާމެއް.

މިކޯސްތައް ކުރިއަށް ގެންދަނީ ބައިނަލް އަގުވާމީގޮތުން އެތައް ފިޓްނަސް ކޯސްތަކެއް އޭޝިއާ ބައްރުގައި ފޯރުކޮށްދީފައިވާ އިންސްޓިޓުޓް އެއް ކަމަށްވާ ފިޓްނަސް އެޑިއުޓެރެއިންންގެ އޭޝިއާއި(އެފް.އީ.އޭ) ލެގަސީ އެކަޑަމީއާއި ގުޅިގެންނެވެ. އަދި ކޯސް ފޯރުކޮށްދޭނީ މިކޯސްފަރުމާކުރި ބާނީ އަދި ފިޓްނަސް އެޑިއުކޭޝަން ދާއިރާގައި އެތައް އާ މޫނުތަކެއް ނެރެދީފައިވާ ޖެރިކަންގެ އެހީއާއިއެކުގައެވެ.

މިދެކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާއިރު ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯދުމަށް ގުޅަން ޖެހެނީ 9609431300 އަދި 9609567123 މިދެނަމްބަރަށެވެ، އަދި ކޯހާއި ބެހޭ އިތުރުމައުލޫމާތު ލެގަސީގެ ވެބްސައިޓްއިންވެސް ބަލާލެވޭނެއެވެ.

https://www.legacyfitnessmv.com/courses/cfp-fitness-instructor—module-1-

https://www.legacyfitnessmv.com/courses/bump-and-beyond