English Edition
Dhivehi Edition
ސަފީރުން އައްޔަނުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބޭރު ޤައުމުތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ހިމެނޭގޮތަށް 9 ސަފީރުން މިއަދު ޢައްޔަނުކުރައްވައިފިއެވެ.

މިގޮތުން ޢައްޔަނު ކުރެއްވި ނުވަ ބޭފުޅުންނަކީ:

1. އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ކޮތަންމާގެ، އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފު

2. އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ. އޯކިޑް، އަލްފާޟިލާ އިރުތިޝާމް އާދަމް

3. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ފަށަލަ، ޑޮކްޓަރ ފަޟީލް ނަޖީބު

4. އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު

5. ކިންގްޑަމް އޮފް ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ގީލާވިލާ، އަލްފާޟިލާ ޤީލާ ޢަލީ

6. މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ރުއްފުށި، ޑޮކްޓަރ މަރްޔަމް ޝަބީނާ އަޙްމަދު

7. ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕްބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ތުޅާގިރި، އަލްފާޟިލް މަސްޢޫދު ޢިމާދު

8. ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް، މ. ވިލާދަށުގެ، ޑޮކްޓަރ ސަލްމާ ރަޝީދު

9. ރިޕަބްލިކް އޮފް ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މއ. ދިލާސާގެ، އަލްފާޟިލް މުޙައްމަދު ލުވޭޒު

މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.