ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަހުމަދު ފާއިޒް ހުސެއިން މަޤާމުން ވަކިކޮށް، އެމަޤާމަށް އަލްއުސްތާޛް އަބްދުﷲ ސަޢީދު ޢައްޔަންކުރެވިފައި ހުރީ ރަނގަޅަށްތޯ ރައްޔިތުންގެ މަޖިލީހުން ބަލަން ޖެހޭކަމަށް ޤާނޫނީ ވަކީލު މަޙްފޫޒް ސަޢީދު ވިދާޅުވެއްޖެއެވެ
ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަހްފޫޒް ވިދާޅުވީ މިހާރުން މިހާރަށް އުއްތަމަ ފަނޑިޔާރު މަޤާމުން ވަކިކުރަން ޖެހޭކަމަށެވެ. އަދި މި މައްސަލަ ރައްޔިތުންގެ މަޖިލީހުން ރިވިއުކުރަން ޖެހޭކަމަށް މަޙްފޫޒްވަނީ ވިދާޅުވެފައެވެ.މީގެ އިތުރުން މަޙްފޫޒް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން އަބްދުﷲ ސަޢީދު ރައްޔިތުންގެ ކުރިމައްޗަށް ނިކުމެވަޑައިގެން ވާހަކަފުޅު ދައްކަވަންވީ މަޖިލީހުން އެކަން ރިވިއުކުރުމަށްފަހުގައިކަމަށެވެ
އަބްދުއްﷲ ސަޢިދުއަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން މަޙްފޫޒް ވިދާޅުވީ އުއްތަމަ ފަނޑިޔާރުކަން ލިބިވަޑައިގެންފައި ވަނީ އެކަށީގެންވާ ހަމަތަކުގެ މަތިން ނޫންކަމަށް ވުމުން މިހާރު ފެންނަމުންދާ މަންޒަރަކީ ކޮންމެ ގޮތެއް ހަދާފަވެސް މަޤާމު ދިފާޢުކުރުމަށް މަސައްކަތްކުރައްވަމުންދާތަންކަމުގައެވެ. އެހެންކަމުން މިހާރު ފެންނަމުންދަނީ މަޤާމު ދިފާޢުކުރުމުގެ ގޮތުން ދައްކަވާ ވާހަކަތައްކަމަށް މަޙްފޫޒް ވިދާޅުވިއެވެ
މީގެ އިތުރުން މަޙްފޫޒް ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދަށް، މަހްފޫޒު ސަޢީދު މައިތިރިއެއް ނުކުރެވޭނެ ކަމަށާއި އުއްތަމަ ފަނޑިޔާރު މަޤާމުގައި ހުރިހާ ދުވަހަކު ދާނީ އުއްތަމަ ފަނޑިޔާރު އެގޮތަށް ކަންތައްކުރައްވާކަމުގައި ވާނަމަ އެވާހަކަ ދައްކަމުންކަމުގައެވެ