English Edition
Dhivehi Edition
ހަންކެޑެ ބްރިޖްހެދުމުގެ މަސައްކަތް ކުރިއަށްދަނީ: ފޮޓޯ ކޮންސްޓްރަކްޝަން މިނިސްޓްރީ

އައްޑޫގެ ފޯ-ލޭން ޑީޓުއަރ ލިންކް ބްރިޖްގެ 200 މީޓަރުގެ ސަރަހައްދުގައި ތާރު އަޅައިފިއެވެ.

ޢިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވީ، އައްޑޫގެ ފޯ-ލޭން ޑީޓުއަރ ލިންކުގައި ތާރު އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. މި އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ން ފެށިގެން މިހާތަނަށް 200 މީޓަރުގެ ސަރަހައްދުގައި ތާރު އަޅާ ނިމިފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އައްޑޫގައި އަޅަމުންދާ މި ބްރިޖަކީ ލިންކް ރޯޑުން ފެށިގެން ގޮސް،އެސަރަޙައްދުގައި ފަތުރުވެރިކަމުގެ ޞިނާޢަތަށް ހުޅުވާލާފައިވާ ހަންކެޑެ، ބޭރުން ހުޅަނގު ދެކުނުން އަޅާ ބްރިޖެކެވެ. މި ބްރިޖުގެ ދިގު މިނުގައި 631.4 ކިލޯމީޓަރު ހުރެއެވެ.

މި ބްރިޖު އަޅަނީ އައްޑޫ ސިޓީގެ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުން ކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެޑަށް ނާރާގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާ ގުޅާލުމަށެވެ.

ބްރިޖްހެދުމުގެ މި މަޝްރޫޢަށް ސަރުކާރުން 1.19 ބިލިއަން ރުފިޔާ ޚަރަދުކުރަން ވަނީ ހަމަޖެހިފައެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހިފާފައިވާ މި މަސައްކަތް، ސަރުކާރުން ހަވާލުކޮށްފައިވަނީ ތިލަ މާލެ ބްރިޖު ހެދުމުގެ މަސައްކަތްވެސް ހަވާލު ކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ.