English Edition
Dhivehi Edition
އައްޑޫސިޓީގެ ހަންކެޑަސަރަހައްދުގައި ހަދާފައިވާ އާ ބްރިޖް؛ ފޮޓޯ އޭއޯނިއުސް

އައްޑޫސިޓީ ހަންކެޑެ ބްރިޖްގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖް ގައި ވިދާޅުވެފައިވަނީ އައްޑޫސިޓީ ބްރިޖުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެފައިވާ މައްސަލަ ހެނދުނު 9:49 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ މާލޭ ސިޓީ އަށް ނިސްބަތްވާ ،ގ. ނައިޓް ޑްރީމް ލީވާން (24 އަހަރު) އަބްދުއްސައްތާރެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި މަރަދޫން ހިތަދޫއަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ބްރިޖުގެ ފެންސުގައި ޖެހިންގެން ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިއެކްސިޑެންޓްގައި އަނިޔާވި މީހާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަރަށް ސީރިއަސް ކަމަށާއި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. އެކްސިޑެންޓުގައި ނިޔާވެފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މާލެ ފިޔަވައި އެހެން ސަރަހައްދެއްގައި އެޅި ފުރަތަމަ ބްރިޖް ހުޅުވާފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގައެވެ.