English Edition
Dhivehi Edition

އައްޑޫ ސިޓީގެ ހަންކެޑެ ބްރިޖު އާންމު ދަތުރުފަތުރަށް ބޭނުންކުރަން ރޭ 12:00 ގައި ހުޅުވާލައިފިއެވެ.

އައްޑޫސިޓީގެ ގައުކެނޑި އާއި މަރަދޫ ގުޅައިލުމަށް ހަދާފައިވާ މި ބްރިޖު، އާއްމު ދަތުރު ފަތުރަށް ހުޅުވާފައިވަނީ ބުރިޖާއި ގުޅިފައިވާ މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުވެސް ގެނެސްފައެވެ

ހަންކެޑެ ބްރިޖުގެ މަސައްކަތްކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. އެ މަޝްރޫއުގެ ދަށުން 1.4 ކިލޯމީޓަރުގެ ހަތަރު ލޭނުގެ ބްރިޖެއް ވަނީ ތަރައްގީކޮށްފައެވެ. މިއީ އިންޑިއާގެ އެގްޒިމް ބެންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓަރ ޑްރެއިނޭޖް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގައި ހިމެނޭ މަޝްރޫއެކެވެ.