އުރީދޫން ޔޫރޯ 2024ގެ ހުރިހާ މެޗެއް ސޮނީ ލިވް އެޕުން ދައްކާނެކަން އިއުލާންކޮށް، މެޗުތައް ބެލުމަށް ޚާއްސަ ޑޭޓާ ޕެކޭޖެއް ތަޢާރަފުކޮށްފިއެވެ.
އުރީދޫން ވަނީ ޔޫރޯގެ ހުރިހާ މެޗެއް ކޮންމެ ތަނަކުން، ކޮންމެ ވަގުތެއްގައި ވެސް ސޮނީ ލިވްއިން ލައިވްކޮށް ބެލޭނެ ގޮތް ހަދާފައެވެ. އެގޮތުން 250 ރުފިޔާއަށް 100ޖީބީ ބައްލަވައިގަތުމުން، 30 ދުވަހަށް ހިލޭ ސޮނީ ލިވް ޕްރީމިއަމް އެކްސެސް ލިބޭނެ އެވެ.
އެ ޕެކޭޖް ލައިވް ކުރާނީ މި ހަފުތާ ނިމުމުން ކަމަށް އުރީދޫން ހާމަކުރެއެވެ. އޭގެއިތުރުން އުރީދޫގެ ކަސްޓަމަރުންނަށް ޚާއްސަ ސޮނީ ލިވްގެ އެކި އެޑް-އޮންތަކަށް ސަބްސްކްރައިބްކޮށް، މެދުނުކެނޑި ޔޫރޯގެ ފޯރީގައި ބައިވެރިވެވޭގޮތަށްވެސް އުރީދޫން ވަނީ ހަމަޖައްސަވާފައެވެ.
އުރީދޫން ވަނީ ޔޫރޯއާ ދިމާކޮށް އިތުރު ޚާއްސަ ޕްރޮމޯޝަންތަކެއް ވެސް ތަޢާރަފުކޮށްފައެވެ.