English Edition
Dhivehi Edition

މާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ކުރިއަށް ގެންދާ ބޮޑު އީދުގެ މެއިން ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މިކަމާއި ގުޅޭގޮތުން އުރީދޫއިން ބުނެފައިވަނީ މި އީދަކީ މާލެއަށް އުފާވެރި ހަނދާންތަކެއް ގެނުވަދޭނެ ކުލަގަދަ އީދަކަށް ވެގެންދާނެ ކަމަށެވެ.

https://x.com/OoredooMaldives/status/1801925977737691269?t=Fwq30BAdZJxNKPMXVtdhNw&s=08

މިއަހަރުގެ އަޟްހާ އީދު މާލޭގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. އެގޮތުން އީދު ދުވަހު ހެނދުނު 08:00ގައި އާޓިފިޝަލް ބީޗާ ބޮޑުތަކުރުފާނުމަގު ސްޓޭޑިއަމް ފުރަގަސް ސަރަހައްދުގައި އީދު ސައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އީދުގެ ފުރަަތަމަ ދުވަހު ހަވީރު 04:00ގައި ދެލިމާލި ނެރުމާ ކޯޑިކެނޑުމާއި ލަނގިރީގެ ހަރަކާތް ރަސްފަންނު ވެލިގަނޑުގައި ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

މިއީ ފަހުގެ ތާރީހެއްގައިވެސް މާލޭގައި އީދުގެ ހަރަކާތްތައް މިހާ ކުލަގަދަކޮށް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

ޓެގު