English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހީމްދީދީ (އައިބީ) ފޭދޫ ރައްޔިތުންނަށް ރޯދަ ވީއްލުމެއް ދެއްވަވައިފިއެވެ. މަޖިލިސް މެމްބަރަކަށް ވެވަޑައިގެންނެވި ފަހުން ދާއިރާގެ ރައްޔިތުންނަށް ކޮންމެ އަހަރަކުވެސް ދެއްވަވާ މި ރޯދަ ވީއްލުމަށް ފޭދޫގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. އައިބީ ވިދާޅުވީ މިއަހަރުގެ ރޯދަ ވީއްލުމުގައި ވެސް 750 މީހުން ބައިވެރިވެފައިވާ ކަަމަށެވެ ފޭދޫ ރައްޔިތުންގެ ޝަރަފުގައ ބޭއްވި މި ރޯދަ ވީއްލުމުގައި ޚާއްޞަ މެޙްމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމެވެ. ފޭދޫ ބަނދަރު ސަރަހައްދުގައި އިއްުޔެ ބޭއްވި މި ހަފްލާގައި މިނިސްޓަރ ނާޒިމްގެ އިތުރުން ޕީޕީއެމް އައްޑޫގެ އިސް ބޭފުޅުންނާއި އަދި ގިނަ ފޭދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.      

ޓެގު