ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު، ނަޝީދާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކުން ނަޝީދުގެ ފުރާނަ ފުޅަށް ނުރައްކާ ވެދާނެ ކަމުގެ އިހުސާސު ކުރެވިފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީ އިން ދައްކާފައިވަ ވާހަކަތަކައް ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފު ( މުންދު) ރައްދު ދެއްވައިފިއެވެ
ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގައި ދިވެހިންނާ އެކު ބާއްވަން ހަމަޖެއްސި ބައްދަލުވުން ކެންސަލްކޮށްފައިވަނީ ނަޝީދަށް ބަޔަކު ހަމަލާދީފާނެކަމުގެ ބިރު އޮތުމުންކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެ ދައްކާފައިވާ ވާހަކަތަކައް ރައްދު ދެއްވަމުން މުންދުވަނީ ބަޣާވާތް ކުރުމާއި ހަތިޔާރު އެތެރެކުރުމާއި ފިތުނަ އުފައްދަން މަސައްކަތް ކުރުމާއި މީހުންނަށް އިންޒާރުދިނުމުގެ ކުށުގެ ރެކޯޑް އޮތީ ކާކުގެ ކަމާ މެދު ސުވާލު އުފައްދަވާފައެވެ
މުންދުގެ ކުރެއްވި ޓުވިޓްގައި ވަކި ފަރާތެއްގެ ނަން ހާމަކޮށްފައިނެތްކަމުގައިވިޔަސް އޭނާގެ ސުވާލުގައި އިޝާރާތް ކުރައްވާފައި އެވަނީ ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ވެރިކަމުގައި އަހުމަދު ނަސީމަށް އިއްވި ހުކުމަކަށް ކަމަށް ބެލެވެއެވެ