ގައުމީ އެއާލައިން — މޯލްޑިވިއަން އިން ސްރީލަންކާގެ ކޮލަމްބޯއަށް ފަށާ ދަތުރުތަކުގެ ދެކޮޅު ޓިކެޓް ވިއްކާ އެންމެ ހެޔޮ ރޭޓަކީ 165 ޑޮލަރު ކަމަށް އެ އެއާލައިނުން ބުނެފިއެވެ.
މޯލްޑިވިއަން އިން ވަނީ އެ އެއާލައިންގެ ދަތުރުތައް މިމަހުގެ 25 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކޮލަމްބޯއަށް ފެށުމަށް ތައްޔާރުވެފައެވެ.
މާލެ-ކޮލަމްބޯއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހުއެވެ.
މި ފެއާ ރޭޓްގައި 30 ކިލޯގެ ބެގޭޖް އަދި މީލް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.
މީގެ އިތުރުން މޯލްޑިވިއަންގައި ލަންކާއަށް ދަތުރުކުރާ ފަސިންޖަރުންނަށް ކޮލަމްބޯގެ ނަވަލޯކާ ހޮސްޕިޓަލުން ކޮމްޕްލިމެންޓްރީ ބެނެފިޓްސް ލިބޭނެ ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.