English Edition
Dhivehi Edition

އުމުރުން 40 ވުމުން ފޫޓްބޯޅަ ކުޅުން ހުއްޓާލަން ވިސްނަމުން އަންނަ ކަމަށް އަލް ނަޞްރުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ސައުދީގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި 2025 ވަނަ އަހަރާއި ހަމައަށް އަލް ނަޞްރާއި އެކު ކޮންޓްރެކްޓް ހަދާފައިވާ ރޮނާލްޑޯ ބުނީ އަލް ނަޞްރު ދޫކުށްލުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ނެތް ކަމަށާއި އުންމީދު ކުރަނީ އަލް ނަޞްރަށް ފަހު ދެން އިތުރަށް ފުޓްބޯޅައިން ކުރިއަށް ނުދަން ކަމަށެވެ. އަދި ރަނގަޅަށް އޭނާގެ ހަށިގަޑަށް ބަލައިގެން އުޅެފި ކަމުގައިވާ ނަމަ އިތުރު އަހަރުތަކަކަށް ފުޓްބޯޅަ ނުކުރެވެންވީ ސަބަބެއްވެސް ނެތް ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ. ނަމަވެސް އިތުރަށް ދެން ކުރިއަށް ދިއުމަށް ނުވިސްނާކަމަށް އޭނާ ބުނެފައިވެއެވެ.

“އަހަރެންގެ އުންމީދަކީ އަލް ނަޞްރުގައި ރިޓަޔާ ކުރުން. އުމުރުން 40 އަހަރު ވުމުން ކުޅުން ހުއްޓާލަން ވިސްނުން ހުރީ. މި އަހަރު ފެބްރުއަރީ ގައި އުމުރުން 39 އަހަރު ފުރުނު ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ސައުދީގެ އަލް ނަޞްރަށް ބަދަލުވީ 2022 ވަނަ އަހަރުގައެވެ. ދުނިޔޭގެ ރެކޯޑު ފީއަކަށް އަލް ނަޞްރަށް ބަދަލުވި ރޮނާލްޑޯ މިހާތަނަށް އަލް ނަޞަރަށް ކުޅެދިން 62 މެޗުގައި 56 ގޯލު ޖަހާދީފައިވެއެވެ. ރޮނާލްޑޯ ވަނީ މި ސީޒަނުގައި ވެސް އަލް ނަޞްރަށް ކުޅެދިން 43 މެޗުގައި 42 ގޯލު ޖަހައިދީފައެވެ.