English Edition
Dhivehi Edition
އައްޑޫ ވޯޓިން ސްޓޭޝަނެއް: ފޮޓޯ އައްޑޫ އޮންލައިން

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން މިއަދު ކުރިއަށް ގެންދާ އިންތިހާބުގައި ވޯޓުލުން ކުރިއަށް ދާއިރު މިހައިތަނަށް، ބޮޑު މައްސަލައެއް ކުރިމަތިނުވާ ކަމަށާއި ޝަކުވާތައް ވެސް މަދު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން ބުނީ ކުދިކުދި ޝަކުވާތައް ކަމަށާއި ބޮޑު މައްސަލައެއް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ. އެ ކޮމިޝަންގެ ކޮމްޕްލެއިންސް ބިއުރޯއަށް މިހައިތަނަށް ލިބިފައި ވަނީ ވޯޓުލައި ނިމިގެން ޕޯލިން ސްޓޭޝަނުގައި މަޑުކުރުމާއި މީހުންނާ ސަލާމް ކުރުން ފަދަ ކަންތައްތަކުގެ ޝަކުވާތައް ކަމަށެވެ.

މިއަދު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާއިރު، އެ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވޯޓުލުމުގެ ހައްޤު ލިބިގެންވާ 284،663 މީހުން ތިބިއިރު، އޭގެތެރެއިން 191,439 މީހުން ވޯޓުނުލައެވެ.

93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާއި ހަމައަށެވެ.