English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީ ސަރުކާރާއި ގުޅިިގެން ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ކަމަށާ ސަރުކާރަށް ދުއްޕާންކުރާ ބަޔަކު މަޖިލީހަށް އައިސްގެން ތަރައްގީއެއް ނުކުރެވޭނެ ކަމަށް ޕީއެންސީގެ ޓިކެޓުގައި އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ސަރުކާރާ ނުގުޅި، ސަރުކާރަށް ބޭނުންވާ ކަންތައްތައް ކޮށްނުދޭ، ސަރުކާރާ ގުޅުން ނެތް، ސަރުކާރަށް ‘ދުއްޕާންކުރާ’ ބަޔަކު މަޖިލީހަށް އައިސްގެން ތަރައްގީއެއް ނުކުރެވޭނެ ކަމަށެވެ.

މި ސަރުކާރަކީ އިހްލާސްތެރި ސަރުކާރެއްކަން ފާހަގަކުރައްވަމުން ޝާހިދު އީސް ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވަނީ ހަމައެކަނި ވައުދުފުޅުތަކެއް ނޫން ކަމަށާއި އައްޑޫގެ ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް އެމަނިކުފާނު މަސައްކަތް ކުރައްވާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުންކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ ރައީސް މުއިއްޒުގެ އަމިއްލަ އެއްވެސް އެދުމެއް ނެތް ކަމަށެވެ. އަދި ރެއާ ދުވާލު ރައީސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި އެކަން ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލުކުރާކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުނ ޝާހިދު ވިދާޅުވީ ސިޔަސީ މަސައްކަތުގައި ރައީސް އުޅުއްވާއިރު ދިމާވާ ކަންތައްތަކާ ދޭތެރޭ ކެތްތެރިވެ ވަޑައިގަންނަވާ ތަން ފެނި އެކަމަށް ފަހުރުވެރިވެލައްވާ ކަމަށެވެ.