English Edition
Dhivehi Edition
ފިތްރު ޒަކާތް ދެއްކުމަށް ބަޔަކު އިސްލާމިކް މިނިސްޓަރުގައި ހުންނަ ކައުންޓަރު ކައިރީގައި - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނަ އެންމެ ފަހު ވަގުތަކީ މިއަދު އިރުއޮއްސުމާއި ހަމައަށެވެ. މިއަދު އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަންނާނީ ހަމައެކަނި ބަނޑޭރިޕޭއިންނެވެ.

ރަމަޟާންމަސް ފެށުމާއިއެކު ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު އޮންލައިން އެކި ޕްލެޓްފޯމްތަކުން ދިޔައީ ޒަކާތް ބަލައިގަންނަމުންނެވެ. ނަމަވެސް ބަނޑޭރިޕޭ ފިޔަވައި އޮންލައިންކޮށް ޒަކާތްދެއްކުން 27 ރަމަޟާން 1444 ގައިވަނީ މެދުކަނޑާލާފައެވެ.

ބަނޑޭރިޕޭ: https://bandeyripay.finance.gov.mv/

ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުންވެސް މިއަދަށް ނިމޭނެއެވެ. ފައިސާއިން ފިޠުރު ޒަކާތް ބަލައިގަންނަ އެންމެ ފަހު ވަގުތަކީ މިއަދު ހަވީރު 5.30އެވެ. ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުން ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީގެ ހޯލުންނެވެ.

މިއާއެކު ގޮވާމުން ފިޠުރު ޒަކާތް ދެއްކުން މިރޭ 10 :30އާ ހަމައަށް މަޖީދިއްޔާ ސްކޫލްގެ ޞަލާޙުއްދީން ހޯލުގައި ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.