English Edition
Dhivehi Edition
ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލް - ފޮޓޯ: ނިޝާން ޢަލީ/މިހާރު

ޕީއެންއެފް އުފެއްދުމަށް ބާއްވަން ހަމަޖެހިފައިވާ ޖަލްސާ މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން އިއުލާން ކޮށްފިއެވެ.

މިއަދު މަލީހް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންއެފް އުފެއްދުމަށް ބާއްވާ ތާރީހީ ޖަލްސާ މާދަމާ ރޭގެ 9:15 ގައި ޣިޔާސުއްދީން ސްކޫލު ހޯލުގައި އޮންނާނެ ކަމަށެވެ. އަދި މިޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މަލީހުވަނީ ޕާޓީގެ އެންމެހާ މެންބަރުންނަށް މި ޖަލްސާއަށް ދައުވަތު އަރުވާފައެވެ.

މާދަމާ ރޭ ބާއްވާ ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަތުމުގެ ހުއްދަ ހޯދުމަށް އެ މަނިކުފާނުގެ ވަކީލުންގެ ފަރާތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ވަނީ އެދިފައެވެ. އެހެންނަމަވެސް ކަރެކްޝަނަލް އިން ބުނީ ރައީސް ޔާމީނަކީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާތީ މާދަމާ ރޭ ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދަ ޔާމީނަށް ދީފައި ނުވާނެ ކަމަށެވެ.