English Edition
Dhivehi Edition
ޕީއެންއެފް ކެނޑިޑޭޓުން އީސީއަށް ފޯމު ހުށަހެޅުން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް ޔާމިން އުފެއްދުވުމަށް މަސއްކަތްކުރައްވާ ޕީއެންއެފްގެ ކެނޑިޑޭޓުންނަށް އެ ޕާޓީގެ ލޯގޯ ބޭނުންކުރަން ފުރުސަތު ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް، ހަސަން ޒަކަރިއްޔާ މިއަދު ވިދާޅުވީ ، ކުރީގެ ރައީސް ޔާމީންގެ ތާއީދާއެކު ވާދަކުރާ ސާޅީހަކަށް ކެންޑިޑޭޓުންގެ ނަމާ ދިމާގައި ޕީއެންއެފް ލޯގޯ ޖަހައިދޭން އެދުނު ނަމަވެސް އެކަން މިފަހަރު ކުރެވެން ނެތް ކަމަށެވެ.

އީސީގެ ސެކްރެޓަރީ ޖެނެރަލް، ވިދާޅުވީ ޕީއެންއެފްގެ ލޯގޯ ވޯޓުކަރުދާހުގައި މިފަހަރު ޖެހެންނެތީ މިހާރު ވޯޓު ކަރުދާސްތައް ޕްރިންޓު ކުރުމުގެ މަސައްކަތް ފަށާފައިވާތީ ކަމަށެވެ.

ވިހި ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. 93 ދާއިރާކަށް މެންބަރުން އިންތިހާބުކުރާނެ. ރައީސް ޔަމީންގެ ތަޢީދާއެކު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 40 ކެންޑިޑޭޓެއް ވާދަ ކުރަން ނިންމާފައިވާކަމަށް ޕީއެންއެފްއިން ވަނީ ބުނެފައެވެ.