English Edition
Dhivehi Edition
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު

ގަނާކުރުމާއި ދެކޮޅަށް ހޭލުންތެރިކަމުގެ ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގައި 2 ކުއްޖަކު ވެގެން ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލަ ފެންމަތިވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ގަނާކުރުމާއި ދެކޮޅަށް ދީނީ ގޮތުން ދިވެހިންގެ މެދުގައި ކުރިއަށްގެންދަން ނިންމާފައިވާ ހަރަކާތްތަކަކީ އެތައް ޒަރިއްޔާއެއް މެދުވެރިކޮށް ގަނާކުރުމުގެ ނުބައިކަން އަންގައިދެވޭނެހެން ކުރިއަށްގެންދާނެ ހަރަކާތްތަކެއް ކަމަށެވެ. އަދި ގަނާކުރުމާއި ދެކޮޅަށް ރައީސް އެކުލަވާލާފައިވާ ޓާސްކްފޯސްއިން ކުރިއަށްގެންދާ ހޭލުންތެރިކަމުގެ މަސައްކުގެ ސަބަބުން މުޅި ދިވެހިރާއްޖެ ގަނާކުރުމާ ދެކޮޅަށް ހޭލުންތެރިކުރުވަން އެ ވުޒާރާގެ ފަރާތުން މަސައްކަތްކުރާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ ޚުޠުބާތަކުގެ ޒަރިއްޔާއިންނާ، ދީނީ އެކިއެކި ޕްރޮގްރާމްތަކާއި ފޯރަމްތަކާއި، ބެލެނިވެރިންނަށް ހިންގޭ ޕްރޮގްރާމްތަކާއި އަދި އެކިއެކި އުމުރުފުރާތަކަށް ބަހައިގެން ކުރިއަށް ގެންދެވޭ ތަރުބަވީ ޕްރޮގްރާމުތަކުގެ ތެރެއިން، މިފަދަ ނޭދެވޭ ކަންކަން އަދި އަނިޔާތައް ތަކުރާރުވެ ނުދިއުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ.