އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.
އެގޮތުން ރޯދަ މަހުގެ އެކާވީސްވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ އޭޝިއަން ކިއުކަމްބާ ސެލަޑް ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
200ގ ރައިސް ވާމިސެލީ ނޫޑުލްސް
1 ކެރޮޓް ދިގުކޮށް ކޮށާފައި
1 ކިއުކަމްބާ ފޮތިކޮށްފައި
1 ޖޯޑު ކޮރިއަންޑާ ފަތް
1 ޖޯޑު މިންޓް ފަތް
1 ފިޔާ ކޮށާފައި
1/3 ޖޯޑު ކެށޫނަޓް (ޓޯސްޓް ކޮށްފައި)
2 ސައިސަމުސާ ލުނބޯހުތް
1 މޭޒުމަތީ ސަމުސާ ފިޝްސޯސް
1 މޭޒުމަތީ ސަމުސާ ސޯޔާސޯސް
1 މޭޒުމަތީ ސަމުސާ ބްރައުންޝުގާ
1 ތޮޅި މިރުސް ކޮށާފައި
ތައްޔާރުކުރާނެގޮތް:
ނޫޑުލްސް ބޯތައްޓަކަށް އަޅާފައި ހޫނުފެން އެޅުމަށްފަހު މަޑުވަންދެން މަތިޖަހާފައި ބަހައްޓާށެވެ. މަޑުވީމަ ފިނިފެން އަޅާފައި ފުރާނާފަައި ފެން ހިއްކަން ބަހައްޓާށެވެ. ދެން ކެރޮޓް ،ކިއުކަމްބާ، ކޮރިއަންޑާ، މިންޓް ، ފިޔާ އަދި ކެޝޫނަޓް އާ ނޫޑުލްސް މިކްސް ކުރާށެވެ.
ރަނގަޅަށް މިކްސް ކުރުމަށް ފަހު ބާކީ ހުރި ތަކެތިވެސް މިކްސް ކޮށްފައި ސާރވް ކުރާށެވެ.