English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ސައުވީސްވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ފިޝް ސޫޕް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާތަކެތި:
1 މޭޒުމަތީ ސަމުސާ ވެޖެޓަބްލް އޮއިލް
1 ފިޔާ ކޮށާފައި
3 ލޮނުމެދު ހިމުންކޮށް ކޮށާފައި
250ގ އަލުވި ކިއުބް ގޮތަށް ކޮށާފައި
250ގ ކެރޮޓް ކޮށާފައި
1 ބެލްޕެފާ ކިއުބްގޮތަށް ކޮށާފައި
200ގ ލީކްސް ކޮށާފައި
1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕިއުރީ
1 1/4 ލީޓަރ ވެޖެޓަބްލްސްޓޮކް
1 ބޭލީފް
400ގ މަސް ކޮށާފައި
1 ލުނބޮލުގެ ހުތާއި ތޮށި ގާނާފައި
ބައިޖޯޑު ސްޕްރިންގް އޮނިއަން

ތައްޔާރުކުރާނެގޮތް:
ސޯސް ޕޭން އަކަށް ތެޔޮ އަޅާފައި ހޫނުވީމަ ފިޔާ އަޅާފައި މަޑުވަންދެން ކައްކާށެވެ. ދެން ލޮނުމެދު ، އަލުވި، ކެރޮޓްސް، ބެލްޕެޕާ، ލީކްސް އަދި ޓޮމާޓޯ ޕިއުރީ އަޅާފައި 3-5 މިނެޓް އަށް ކައްކާށެވެ. ޗިކެން ސްޓޮކް އާއި ބޭލީފް އަޅާފައި ތަރުކާރީ މަޑުވަންދެން ކައްކާށެވެ. ކެކުމުން ލޮނާއި، ސްޕްރިންގ އޮނިއަން، ލުނބޯހުތް އަދި ލުނބޮލުގެ ތޮށި އަޅާފައި ކުޑައިރުކޮޅަކަށް ކެއްކުމަށްފަހު އުނދުން މަތިން ތެލި ބާލާށެވެ.