English Edition
Dhivehi Edition
ޑރ.މުއިއްޒު ކެމްޕެއިން ދަތުރުގައި އައްޑޫ ސިޓީއަށް ވަޑައިގަތުން / ފޮޓޯ:ޕީޕީއެމް

އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންސީގެ ޓިކެޓުގައި ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ޝާހިދުގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި 6،000 އެނދުގެ އައްސޭރި ޓޫރިޒަމް މަޝްރޫއު ވަރަށް އަވަހަށް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

ސަރުކާރުގެ ހަފުތާ 14ގެ ދަށުން އައްޑޫ ސިޓީގެ ފަތުރުވެރިކަން ތަރައްގީކުރުމަށް “އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން” ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހުގެ 22ގައި އިފުތިތާހުކޮށްފައިވާއިރު ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން ބޭނުންވާ ކަމަށާއި ވެފައިވާ ވައުދުތައް ފުއްދަން ބޭނުންވާ ކަމަށެވެ. އަދި އައްޑޫގައި އައްސޭރި ޓޫރިޒަމް ތައާރަފްކޮށް 10،000 ވަޒީފާ އުފައްދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އައްޑޫގެ އިތުރު މަޝްރޫއުތައް ވެސް އެކުއެކީގައި ކުރިއަށްގެންދާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އައްޑޫ ބުރިޖަކީ ހަމައެކަނި 30 ވަރަކަށް މީހުން ސައިކަލް ދުއްވަން އަޅާ ބުރިޖެއް ކަމަށް އިދިކޮޅުން ބުނަމުން އަންނަކަމަށެވެ. އެހެންނަމަވެސް މިފަދަ ވާހަކަ ގަބޫލުނުކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ،