English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހަށް ބަދަލު އައުމުން ކުދިންގެ އިމްތިހާނުގެ ތާރީހް އަވަސް ކުރަންޖެހުނު ކަމަށާއި އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓަރާ މަޝްވަރާކޮށް އިމްތިހާން ލަސްކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާވާތީ ސްކޫލްތަކުގެ ދެވަނަ ޓާމުގެ ޓެސްޓްތައް އަވަސް މާޗް 27 އިން އަންނަ މަހުގެ 25 ގެ ނިޔަލަށް އިމްތިހާނު ބާއްވަން ނިންމުމާ ގުޅިގެން ބެލެނެވެރިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

މިކަންބޮޑުވުންތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ދަތި ނުވާގޮތަށް ކަންކަން ކުރުމަށް ކަމަށެވެ. އަދި އަބަދުވެސް މަސައްކަތްކުރައްވަނީ ޓީޗަރުންނާ ބެލެނެވެރިންނާ ގާތުން މަސައްކަތްކުރެއްވުމަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އިންތިހާބުގެ ކެމްޕެއިނަށް ގޭގެއަށް ޒިޔާރާތް ކުރެއްވި އިރުވެސް ބައެއް ބެލެނިވެރިންގެ ފަރާތުން އިމްތިހާނު އަވަސްވިކަމުގެ ވާހަކަ ދައްކާފައިވާކަމަށެވެ.

އެހެންކަމުން އެކަން ހައްލު ކުރުމަށް ނުވަތަ ކުރިން އޮތް ގޮތަށް އިމްތިހާނަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިއަށް ދިއުމަށް އެޑިއުކޭޝަން މިނިސްޓަރުގެ އަރިހުގައި ދަންނަވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އިތުރަށް އެމަނިކުފާނު ވިދާޅުވީ މިކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެކަމަށެވެ.