English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ޕީއެންސީ

އިންޑިއާ ސިފައިންގެ ދެވަނަ ބެޗް މިދިޔަ އަންގާރަ ދުވަހު ފޮނުވާލެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޮންމެ ދިވެހި ރައްޔިތަކުވެސް ދޭ ވޯޓަކީ މި ގައުމުގެ މިނިވަންކަމާއި ތަރައްގީ ހާސިލްކުރަން ދެވޭ ވޯޓަކަށްވާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގައި އެންމެ ބޮޑަށް ރައްޔިތުން ދެއްކީ މިނިވަންކަން ޔަގީން ނުވާ ވާހަކަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވެރިކަން ބަދަލުކުރަން ބޭނުންވި މައިގަނޑު އެއް ސަބަބަކީވެސް މިތަނުގައި އިންޑިއާ ސިފައިން ތިބުން ކަމަށެވެ. އަދި އެ މަސައްކަތް ވައުދުވެވަޑައިގެންނެވި ފަދައިން ސަރުކާރުގެ ފުރަތަމަ ދުވަހު ފެއްޓެވި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޓައިމްޓޭބަލެއްގެ ހެދިގެން ތިން ޕްލެޓް ފޯމުގައި ތިބި ސިފައިން ފޭބުމަށް އެއްބަސްވުމެއް ހެދިފައިވާ ކަމަށެވެ. އަދި ފުރަތަމަ ދުވަހު ފެށި މަސައްކަތުން މިހާރު ފުރަތަމަ ބެޗާއި ދެވަނަ ބެޗްވެސް ފައިބާފައިވާކމަށް ރައީސް ވިދާޅުވިއެވެ.

މި މަހުގެ 9 ދުވަހު ދެ ވަނަ ޕްލެޓް ފޯމުގައި ތިބި އިންޑިއާ ސިފައިން ފައިބާފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ކުރިންވެސް ސޮއިކޮށްފައިވާ ގޮތަށް 10 މޭ ގެ ކުރިން ދެން ތިބި ސިފައިންވެސް ފައިބާނެ ކަމަށެވެ.