English Edition
Dhivehi Edition
އިރު އެރުން:

މި އަހަރު ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސް ކުރެވޭ ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރައިފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނީ ހޮނިހިރު ދުވަހު ހުޅުމާލެއަށް 11:00 ގައި ހުޅުލެއަށް އިހުސާސް ކުރެވުނު ހޫނުމިން ހުރީ 44.4 ޑިގްރީ ސެލްސިއަސްގައިކަމަށް.. ހދ. ހަނިމާދޫގައި 41 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، ސ. ގަމަށް އިހުސާސް ކުރެވުނު ހޫނުމިން ހުރީ 40.1 ޑިގްރީ ސެލްސިއަސްގައިކަމަށް މެޓުން ބުންޏެވެ.

މި ދުވަސްވަރު ރާއްޖޭގެ އަސްލު ހޫނުމިން ހުރީ 31 ޑިގްރީ ސެލްސިއަސް އާއި 38 ޑިގްރީ ސެލްސިއަސްއާ ދެމެދުގައިކަމަށް މެޓުން ބުނެއެވެ.

ނަމަވެސް މި ދުވަސްވަރު ވައިގެ ތެއްކަން ނުވަތަ ހިއުމިޑިޓީ މަތިކޮށް ހުރުމަކީ އިހުސާސް ކުރެވޭ ހޫނުމިން މަތިވާ އެއް ސަބަބެވެ.

މެޓް އޮފީހުން ބުނީ މިދިޔަ އަހަރު އެންމެ ހޫނުގަދަވި ކަމަށް ރިކޯޑް ކުރެވިފައި ވަނީ ހދ. ހަނިމާދު އަށްކަމަށެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު 34.6 ޑިގްރީ ސެލްސިއަށެވެ.

މިދިޔަ އަހަރު އޭޕްރީލް މަހު ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސް ކުރެވުނު ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރާފައިވެއެވެ.