މަރަދޫ ޑީސީ ސްޕޯޓްސްއިން އިންތިޒާންމް ކޮށްގެން މި ރޯދަ މަހު ކުރިއަށްގެންދާ “ޑީސީ ސްޕޯޓްސް ޕީއެސް4 ފީފާ ޗެލެންޖް”ގެ އިއްޔެ ކުޅެވުނު ގުރޫޕް އެޗްގެ ދެ މެޗުވެސް ފަސޭހަކަމާ އެކު ކާމިޔާބުކޮށް އަލީ މުޝްފިގް ރުޝްދީ (ތުއްތުނާ) ދެވަނަ ބުރަށް ކޮލިފައި ވެއްޖެއެވެ. އިއްޔެ ހަވީރު ކުޅުނު ގުރޫޕް އެޗްގެ މެޗުތައް މުޝްފިގް ކާމިޔާބުކޮށްފައިވަނީ މަނާފް މުސްތަފާ އާއި ބައްދަލުކުރި މެޗު 4-0 ލަނޑުން ކާމިޔާބުކޮށް، އަދި މުހައްމަދު ލަޔާންގެ މައްޗަށް 3-0 ލަނޑުން ކުރިހޯދައިގެންނެވެ. ދެން މި ގުރޫޕްގައި ވާދަ ކޮށްފައިވަނީ މަނާޕް އާއި ލަޔާންއެވެ. މިމެޗު 2-0 ލަނޑުން ކާމިޔާބުކޮށް ގަދަ 16ގެ ފަހު ޖާގަ ހޯދާފައިވަނީ މަނާޕްއެވެ. އިއްޔެ ހަވީރުގެ މެޗުތަކަށްފަހު މިރޭވަނީ ގަދަ 16އަށް ދިޔަ ބާވެރިންގެ މެދުގައި ގުރުއަތުލައި އެބައިވެރިން ވާދަ ކުރަން ޖެހޭ ބައިވެރިން ކަނޑައަޅައިފައިއެވެ. މި ގޮތުން މިއަދު ކުޅޭ ގަދަ 16ގެ ފުރަތަމަ މެޗުގައި ވާދަ ކުރާނީ ހަސަން މުފީދު (އިންޑާ) އާއި މަނާފް މުސްތަފާއެވެ. ދެވަނަ މެޗުގައި މުހައްމަދު ސާޖިދު އާއި މުސާ އަމީނެވެ. ތިންވަނަ މެޗުގައި ބައްދަލު ކުރާނީ މުސާ އަމީނާއި ޝާވިން ހަސަން (ކޭބީ) އެވެ. ހަތަރުވަނަ މެޗުގައި ބައްދަލު ކުރާނީ އަލީ މުޝްފިގް (ތުއްތުނާ) އަދި ހުސައިން އުސައިދު (އުސޭ) އެވެ.