ސ.މަރަދޫ އަމިއްލަ ޖަމިއްޔާ އެއްކަމުގައި ވާ ޑީސީ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ބާއްވަމުން ގެންދާ”ޑީސީ ސްޕޯޓްސް ޕީއެސް4 ޗެލެންޖް 2019″ގެ ފައިނަލުން ޒައިދާން މުހައްމަދު އާއި އައިހަމް އާދިލް ރަޝީދު ޖާގަ ހޯދައިފިއެވެ.
ޑީސީ ސްޕޯޓްސް ޕީއެސް4 މުބާރާތުގެ ފައިނަލުން މިދެ ކުޅުންތެރިން ޖާގަ ހޯދާފައިވަނީ އިއްޔެ ހަވީރު ޑިސީ ސްޕޯޓްސް އެރީނާގައި ކުރިއަށް ދިޔަ ސެމީފައިނަލްގެ ފޯރިގަދަ މެޗުތަށް ކާމިޔާބުކޮށްގެންނެވެ.
އިއްޔެ ކުރިއަށް ދިޔަ މިމުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި މުހައްމަދު މުނައްވަރު އާއި ޒައިދާން މުހައްމަދު ބައްދަލު ކުރި ފޯރިގަދަ މެޗު ޒައިދާން ކާމިޔާބުކޮށްފައިވަނީ 3-0 ލަނޑުންނެވެ.
ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗުގައި މިމުބާރާތުގެ ފެވަރިޓްގެ ގޮތުގައި ބެލެވުނު އައިހަމް ވަނީ ސާޖިދު ފަސޭހަ ކަމާއި އެކު 6-1 ލަނޑުން ބަލިކޮށްފައެވެ.އައިހަމް އަކީ މިދިޔަ އަހަރު މިމުބާރާތުގެ ތިން ވަނަ ހޯދި ކުޅުންތެރިޔާއެވެ.
ޑީސީ ސްޕޯޓްސް ފީފާ ޗެލެންޖް މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 4000 ރުފިޔާ ދޭން ހަމަޖެހިފައިވާއިރު ރަނައަޕްއަށް 1000 ރުފިއާ ދިނުމަށް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ މުބާރާތުގެ މެއިންސްޕޮންސަރަކީ ސ.މަރަދޫ ވައިސް މާޓްއެވެ. އަދި ކޯ ސްޕޮންސަރަކަށް އީހަބް ހަމަޖެހިފައިވާއިރު މީޑީއާ ޕާޓުނަރަކީ އޭއޯ ނިއުސްއެވެ.
މުބާރާތުގެ ފައިނަލް މެޗު މާދަމާ ހަވީރު 16:30 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު މިމުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ބައްދަލު ކުރީ ސެމީފައިނަލް ފުރަތަމަ މެޗުން ބަލިވި މުހައްމަދު މުނައްވަރު އާއި ސެމީ ފައިނަލް ދެވަނަ މެޗުން ބަލިވި ސާޖިދު އެވެ،