English Edition
Dhivehi Edition

ސ.މަރަދޫ ޑީސީ ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ “ޑީސީ ސްޕޯޓްސް ޕީއެސް4 ޗެލްންޖް 2019″ގެ ގުރުއަތުލުން ބާއްވައި މިއަދު މުބާރާތް ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

ކޮންމެ ދުވަހަކު ހަވީރު 3:45 ގައި ކުޅުމައަށް ހަމަޖެހިފައިވާ މިމުބާރާތުގެ ގުއުރުއަތުލުން އިއްޔެ ހަވީރު ބާއްވާފައިވާއިރު މުބާރާތުގައި ބައިވެރިވި 16 ކުޅުންތެރިންވަނީ 4 ގުރޫޕްއަކަށް ބަހާލާފައެވެ.

އޭ ގުރޫޕުގައި ހިމެނީ އަލީ ޝަމީމް(ރިއަލްމެޑްރިޑް)،ހުސެއިން ރިފާޒް(ލިވަޕޫލް)،ވިޝާން ހަބީބް(މެންޗެސްޓަ ސިޓީ)،މަރިޔަމް ޒާޔާ(ރިއަލްމެޑްރިޑް)މިއީ މިބާރާތުގައި މިއާތަނަށް ބައިވެރިވާ ހަމަ އެކަނީ އަންހެން ބައިވެރިޔާއެވެ. ބީ ގުރޫޕުގައި ހިމެނެނީ އައިހަމް އާދިލް(މެންޗެސްޓަ ސިޓީ)،މުހައްމަދު ސާޖުދު(ލިވަޕޫލް)،ހަސަން ޝާވިން(ބާސެލޯނާ)،އަލީ އަބާން(ބާސެލޯނާ)އެވެ.ގުރޫޕް ސީގައި ހިމެނެނީ އަލީ ޒަހީން(ޕީއސްޖީ)،މުހައްމަދު މުނައްވަރު(ބާސެލޯނާ)،އިބްރާހިމް ވިސާމް(މެންޗެސްޓަ ސިޓީ)،މުހައްމަދު މުއީޝް(ބާސެލޯނާ)ވެ. ގުރޫޕް ޑީ ގައި ހިމެނެނީ ހަބީބުﷲ މުފީދު(ބާސެލޯނާ)،ޔާސިން ރަޝީދު(ލިވަޕޫލް)،އަލީ ނާއިމް ހުސައިން(ރިއަލްމެޑްރިޑް)،ޒައިދާން މުހައްމަދު(ބަޔާން މިއުނިކް) އެވެ

ޑީސީ ސްޕޯޓްސްގެ ފަރާތުން އޭއޯ ނިއުސްއަށް މައުލޫމާތު ދެމުން ހަސަން މުފީދު(އިންޑާ) ބުނީ ކޮންމެ އަހަރަކޭ އެއްގޮތަށް މިއަހަރު ވެސް ޖާގަ ދީފައިވަނީ 16 ޓީމަށް ކަމަށާއި މިދިޔަ އަހަރަށް ވުރެ މިއަހަރުގެ މުބާރާތް ތަފާތު ވާނެކަމަށެވެ. އިންޑާ ބުނީ މިފަހަރުގެ މުބާރާތުގައި ބައިވެރިވެ ވެވޭނީ ކުލަބް ތަކުގެ ނަމުގައި އެކަނި ކަމަށާއި މިމުބާރާތް މިފަހަރު އޮންނާނީ މިދިޔަ އަހަރާއި ހިލާފައަށް ކުލަބް ފޯރި ގަދަ ވާ ގޮތަށް ކޮންމެ ކުޅުންތެރިޔަކުވެސް އެ ކުޅުންތެރިޔަކު ސަޕޯޓް ކުރާ ކުލަބް އަކާއި އެކު ބައިވެރިވެވޭ ގޮތަށް ކަމަށެވެ.

އިންޑާ ބުނީ ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް ބާއްވަމުން ގެންދާ މިމުބާރާތް މިިދިޔަ އަހަރު ބާއްވާފައިވަނީ ވޯލްޑް ކަޕްއަށް ކޮލިފައިވެފައިވާ ޓީމް ތަކުގެ ނަމުގައި އެކަނި ވޯލްޑް ކަޕްގެ ފޯރި ގަދަ ވާގޮތަށް ކަމަށެވެ.އެހެން ނަމަވެސް މިފަހަރުގެ މުބާރާތް ހާއްސަ ކޮށްލާނީ ކުލަބްތަކަށް ކަމަށެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މޭއި މަހުގެ 16އިން މެއި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޑީސީ ސްޕޯޓްސް އެރީނާ ހޯލްގައެވެ.

ޑީސީ ސްޕޯޓްސް ފީފާ ޗެލެންޖް މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 4000 ރުފިޔާ ދޭން ހަމަޖެހިފައިވާއިރު ރަނައަޕްއަށް 1000 ރުފިއާ ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ މުބާރާތުގެ މެއިންސްޕޮންސަރަކީ މަރަދޫ ވައިސް ސުޕަމާޓްއެވެ. އަދި ކޯ ސްޕޮންސަރަކަށް އީހަބް ހަމަޖެހިފައިވާއިރު މީޑީއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ