ސ.މަރަދޫ ޑީސީ ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ “ޑީސީ ސްޕޯޓްސް ޕީއެސް4 ޗެލްންޖް 2019” ބާއްވަން ނިންމައި އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޑީސީ އިން ކޮންމެ ރޯދަ މަަހަކު ބާއްވަމުންގެންދާ މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 12 މެއި 2019 ވަނަ ދުވަހު 00:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމަށް ވަނީ އަންގާފައެވެ.
މިމުބާރާތާއި ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން މިމުބާރާތް ބޭއްވުމުގައި އެންމެ އިސްކޮށް އުޅޭ އެއް ފަރާތް ކަމުގައިވާ ހަސަން މުޕީދު “އޭއޯ” އަށް މައުލޫމާތު ދިން ގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫސިޓީ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އާލާ ކުރުމަށާއި ޕީއެސް4ގެ ފޯރި ގަދަކޮށް މި ކުޅިވަރު ދިރުވައި އާލާކޮށް ގޭގައި ކުޅެން ތިބުމުގެ ބަދަލުގައި އެންމެ އެއްތަނަކަށް ޖަމާކުރުމުގައި ބާއްވާ މުބާރާތެއް ކަމަށެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މޭއި މަހުގެ 16އިން މެއި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޑީސީ ސްޕޯޓްސް އެރީނާ ހޯލްގައެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މީހާރު ދޫކުރަން ފަށާފައިވާއިރު މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 7750435 އަދި 7949939ނަމްބަރަށް ގުޅުމުން ލިބޭނެއެވެ.
އެންމެ ފަހުން ބޭއްވި ދެ އަހަރުގައި ވެސް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސ.ފޭދޫ އަފްސަޙް ޝަފީއުއެވެ.