English Edition
Dhivehi Edition

ސ.މަރަދޫ އަމިއްލަ ޖަމިއްޔާ އެއްކަމުގައި ވާ ޑީސީ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ބާއްވަމުން ގެންދާ”ޑީސީ ސްޕޯޓްސް ޕީއެސް4 ޗެލެންޖް 2019″ގެ ޗެމްޕިއަންކަން އައިހަމް އާދިލް ރަޝީދު ހޯދައިފިއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން އައިހަމް ހޯދާފައިވަނީ އިއްޔެ ޑީސީ ސްޕޯޓްސް އެރީނާގައި ކުރިއަށް ދިޔަ ފައިނަލް މެޗުގައި ޒައިދާން މުހައްމަދު 3-1 ލަނޑުން ބަލިކޮށްގެންނެވެ.

ކޮންމެ އަހަރަކު ރަމަޟާން މަހާއި ދިމާކޮށް ބާއްވަމުން ގެންދާ މި މުބާރާތުގެ ޗެމްޕިއަންކަން މިއަހަރު އައިހަމް ހޯދާފައިވާއިރު މިދިޔަ ދެ އަހަރުގައިވެސް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސ.ފޭދޫ އަފްސަޙް ޝަފީއު އެވެ.

ޑީސީ ސްޕޯޓްސް ޕީއެސް4 މުބާރާތުގެ ފައިނަލުން އައިހަމް ޖާގަ ހޯދާފައިވަނީ ސެމީފައިނަލްގައި ސާޖިދު ފަސޭހަ ކަމާއި އެކު 6-1 ލަނޑުން ބަލިކޮށްގެންނެވެ.އަދި އައިހަމް އާއި އެކޮށް ފައިނަލްގައި ބައްދަލު ކުުރި ޒައިދާން ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ މުހައްމަދު މުނައްވަރު އާއި ބައްދަލު ކުރި ފޯރިގަދަ މެޗު 3-0 ލަނޑުން ކާމިޔާބުކޮށްގެންނެވެ،

ޑީސީ ސްޕޯޓްސްއިން ކުރިއަށް ގެންންދިޔަ މިމުބާރާތުގެ ޗެމްޕިއަންކަން އައިހަމް ހޯދިއިރު މުބާރާތުގެ ތިންވަނަ މަގާމު ހޯދާފައިވަނީ ސެމީފައިނަލްއިން ބަލިވި ދެ ކުޅުންތެރިންގެ ދެމެދުގައި ކުޅުނު މެޗު ކާމިޔާބުކޮށް މުހައްމަދު ސާޖިދުއެވެ.

ޑީސީ ސްޕޯޓްސް ފީފާ ޗެލެންޖް މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އައިހަމްއަށް 4000 ރުފިޔާގެ ފައިސާގެ އިނާމްއަކާއި 1000 ބީސީގެ ހާއްސަ ގިފްޓް ވައުޗަރެއް ދީފައިވާއިރު މުބާރާތުގެ ދެވަނަ މަގާމު ހޯދި ޒައިދާންއަށް ވަނީ 1000 ރުފިއާގެ ފައިސާގެ އިނާމަކާއި 1000 ބީސީގެ ގިފްޓް ވައުޗަރެއް ދީފައެވެ.

ޑީސީ ސްޕޯޓްސްގެ ފަރާތުން 16 ޓީމަށް ބައިވެރިވެވޭ ގޮތަށް އަންނަ އަހަރުގެ މުބާރާތް އިއުލާން ކޮށްފައިވާއިރު ޑިސީގެ ފަރާތުން ވާހަކަ ދެއްކި ހަސަން މުފީދު(އިންޑާ) ބުނީ މިއަހަރުގެ މުބާރާތަށް ވުރެ ފޯރިގަދަކޮށް އަންނަ އަހަރުގެ މުބާރާތް ބާއްވާނެ ކަމުގެ ޔަގީންކަން ހުރިހާ ކުޅުންތެރިންނަށް ދޭކަމުގައެވެ.

އިންޑާ ބުނީ ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް ބާއްވަމުން ގެންދާ މިމުބާރާތުގެ މަގުސަދު ވަރަށް ރަނގަޅަށް ހާސިލުވާ ކަމަށާއި މުސްތަގުބަލުގައި މިއަށް ވުރެ ފުރިހަމަ ވަރުގަދަ މުބާރާތްތަށް ބާއްވާނެ ކަމުގައެވެ.

މިއަހަރުގެ މުބާރާތުގެ މެއިންސްޕޮންސަރަކީ ސ.މަރަދޫ ވައިސް މާޓްއެވެ. އަދި ކޯ ސްޕޮންސަރަކަށް އީހަބް ހަމަޖެހިފައިވާއިރު މީޑީއާ ޕާޓުނަރަކީ އޭއޯ ނިއުސްއެވެ.