English Edition
Dhivehi Edition
ރައީސް ނަޝީދު

ޓޫރިޒަމް ބޭނުމަށް ރާއްޖޭގެ ބިން ހިއްކުމަށް ކޮށްފައިވާ ޕްލޭންތަކާމެދު އަލުން ވިސްނަންޖެހޭކަމަށް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ސޯޝަލް މީޑިއާގައި “ވިޒިޓް މޯލްޑިވްސް” ޓެގް ކުރައްވައި ވިދާޅުވީ ހާއްސަކޮށް ބިން ހިއްކައިގެން ފަތުރުވެރިކަމަށް ރިސޯޓު ދޫކުރަން ނިންމާފައިވާ ނިންމުންތަކާމެދު ވިސްނަންޖެހޭކަމަށެވެ. ރާއްޖޭގައި ފުދޭވަރަށް ހުސް ރަށްތައް އެބަހުރި ކަމަށާއި, ބިން ހިއްކުމުގެ ބަދަލުގައި އެ ރަށްތައް ބޭނުންކުރެވިދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މުރަކަ ފަރުތައް ނައްތައިލުމުގެ ބަދަލުގައި ގުދުރަތީ ރީތިކަން ހިމާޔަތްކުރަންޖެހޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު, ރައީސް މުއްޒު ވަނީ “ރަސް މާލެ” ނަމުގައި ފުށިދިއްގަރު ފަޅު ހިއްކުމަށް އިއުލާނުކުރައްވާފައެވެ. “ރަސް މާލެ” ތަރައްގީކުރުމަށް 1153 ހެކްޓަރުގެ ބިން ހިއްކާނެކަމަށް ރައީސް މުއިއްޒުވަނީ އިއުލާނުކުރައްވާފަ. އެއީ ހުޅުމާލެއަށް އަށްވުރެ ތިން ގުނަ ބޮޑު ސަރަހައްދެކެވެ.

ތިމާވެއްޓާ މެދު ކަންބޮޑުވާ މީހުން އަންނަނީ ރާއްޖޭގެ ފަޅުތައް ހިއްކުމުގެ ސަބަބުން އިއާދަނުކުރޭވަރުގެ ގެއްލުންތަކެއް ވާނެކަމަށް ބުނަމުންނެވެ.