English Edition
Dhivehi Edition

( ޤުލޫބް ކެޔަރ ގެ ރޯދަހަދިޔާ ސީރީޒް އަށް މަރުހަބާ! ޤުލޫބް ކެޔަރ އަކީ އެނަރޖީ ހީލިންގް އާއި ސެލްފް ކެޔަރ ގެ ހިދުމަތްދޭ ތަނެއް. އެނަރޖީ ހީލިންގް އަކީ އިންސާނާގެ ނަފްސާއި ހަށިގަނޑުގެ ދިރުމާ އިންނަ ގުޅުން ވަރުގަދަކޮށް ހަށިގަނޑުއޭގެ އަމިއްލަ ޒާތުގައި ދުޅަހެޔޮ ސިއްހަތަކަށް ރުޖޫއަވެ އެގޮތުގައި ދެމިހުރުމަށް އެހީތެރިވެދޭ ތެރަޕީއެއް. ގިނަ ދުވަހަށް ނުފިލާހުންނަ ތަދުތަކާ ބަލިތަކާ އުނދަގޫ ތަކަކީ އެނަރޖީ އިމްބަލަންސްގެ އަލާމާތްތަކެއް. މިކަހަލަ އުދަގޫ ތަހައްމަލް ކުރައްވާ ބޭފުޅުން ވަރަށް މުހިއްމު ވާނެ ބޭސްފަރުވާޔާ އެކުވެސް އެނާރޖީ ހީލިންގް ތެރަޕީއެއް ނެންގެވުން. އޭރުން އެ ބަލީގެ އަސްލު ސަބަބު ހައްލު ކުރެވޭނީ. އިންޝަ ﷲ ޤުލޫބް ކެޔަރގެ ހިދުމަތްތަކުން މީގެ ފަރުވާ ލިބޭނެ)

ޤުލޫބް ކެއަރ އިން މި ރަމަޟާން މަހު ގެނެސްދޭ މި ސީރީޒް ހާއްސަކޮއްލާނީ، އަހަރުމެންގެ އަމިއްލަ ނަފްސު ބާރުވެރި ކުރުވާ، ހަށިގަޑުގެ ޝިފާވެރިކަމަށް އިތުބާރުކޮށް ހަށިގަނޑު އޭގެ އަމިއްލަ ޒާތުގައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެނަރޖީ ބެލަންސް ކޮށްލަން އަމިއްލައަށް ކޮށްލެވިދާނެ ބައެއް އުކުޅުތަށް ހިއްސާކޮއްލުމަށެވެ. އެގޮތުން މިއަދުގެ ހަދިޔާ ޚާއްސަކޮށްލާނީ އެހެންމީހުންގެ ނެގެޓިވް އެނަރޖީއިން ރައްކާތެރި ވެލުމުގެ މުހިންމުކަމަށެވެ.

އަހަރުމެން އިންސާނުންނަކީ ވަރަށް ސޯޝަލް ބައެކެވެ. އަބަދުވެސް ކޮންމެސް ކޮމިއުނިޓީ އަކަށް ނިސްބަތްވެ އުޅެން ބޭނުންވާބައެކެވެ. އެއީ އާއިލާ ތެރެއިންވިޔަސް، ސްކޫލް ނުވަތަ އޮފީސް ތެރެއިންވިޔަސް، ނޫނީ ކޮންމެސް ޖަމިއްޔާއަކަށް ނުވަތަ ޕާޓީއަކަށް ނިސްބަތްވާބައެއްކަމަށް ވިޔަސް މެއެވެ. މާނައަކީ އަހަރުމެން އިންސާނުންނަކީ އަބަދުވެސް އެކިކަހަލަ މީހުންގެ މެދުގައި އުޅޭބައެކެވެ. މިހެން އުޅޭއިރު ވިސްނާލަންޖެހޭ ހަގީގަތަކީ ކޮންމެ އިންސާނަކީވެސް ތަފާތު މިޒާޖެއްގެ، ތަފާތު ޚިޔާލުތަކެއްގެ ތަފާތު ފިކުރެއް ގެންގުޅޭމީހެއްކަމެވެ. އަދި އެކަކު އަނެކަކުގެ ޚިޔާލާއި ފިކުރަށް ފާޑުކިޔާ މަޝްވަރާކޮށް، އެއްބަސްވުމާއި، ދެބަސްވުންތައްވެސް އުފެދޭނެކަމެވެ. ހަމައެއާއިއެކު ގަބޫލުކުރަންޖެހޭ ހަގީގަތަކީ ބައެއް މީހުންގެ ހިތްތަކުގައި ހަސަދަޔާ ފިތުނައިގެ ފިކުރުތައް، އެބަޔަކަށް ނޭންގިނަމަވެސް އެނބުރޭނެކަން އަދި އޭގެ ނޭދެވޭ އަސަރު އެބައެއްގެ މެދުގައި އުޅޭ އެހެން މީހުންނަށް ކުރާނެކަމެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ ޚިޔާލުތަކާ ފިކުރުތައް ގެންގުޅޭގޮތުން، އެމީހެއްގެ އަމިއްލަ ނަފްސަށާއި، އެމީހެއްގެ ކައިރީގައި އުޅޭ އެހެން މީހުންނަށްވެސް އޭގެ އަސަރު ކުރުވާ މީހެކެވެ.

ވީމާ އަހަރުމެން ކޮންމެ މީހަކީވެސް އަހަރުމެންގެ ވިސްނުމާއި ފިކުރުތައް ގެންގުޅެވޭ ގޮތާމެދު ސަމާލުވާންޖެހޭ މީހެކެވެ. އަދި ހަމަ އެއާއެކު އަހަރުމެން މުޖުތަމައުގައި އުޅޭއިރު އެކުގައި އުޅޭމީހުންނަކަކީ ކޮންކަހަލަ ބައެއްތޯ ވިސްނާލަންވެސް އެބަޖެހެއެވެ. ރަސޫލާ صلي الله عليه وسلم ގެ ހަދީސްފުޅެއްގައި މިކަމާމެދު ވަރަށް ފުރިހަމަ މިސާލެއް ޖައްސަވާފައިވެއެވެ. މިހަދީސްގައި ވަނީ، “ގާތުގައި އުޅޭ އެކުވެރިންގެތެރެއިން ބައެއްމީހުންނަކީ ހުވަނދުވިއްކާ މީހުންނެކޭ އެއްފަދަ ބައެކޭ، އަނެއްބައި މީހުންނަކީ ތިލޭރުކަން ކުރާ މީހުންނެކޭ އެއްފަދަ ބައެކޭ. ހުވަނދު ވިއްކާމީހުންގެ ތެރޭގައި އުޅޭއިރު، އެމީހުންގެ އަތުން މީރުވަސްދުވާ ހުވަނދު ގަންނަން ލިބޭނެޔޭ، ނޫނީ އެހުވަނދުގެ މީރުވަސް ތިބާގެ ހެދުމުގައިޖެހި މީރުވަސް ދުވާނެޔޭ. ތިލޭރުކަން ކުރާމީހުންގެމެދުގައި އުޅޭއިރު، އެތަނުގެ ހޫނު އަލިފާނުން ބައެއްފަހަރު ތިމާ ފިހޭގޮތްވާނޭ، އަދި އޭގެ ކަޅުދުން ތިމާގެ ހެދުމުގައި ހޭކި ހަޑިވެ، ނުބައިވަސްވެސް ހިފާނެޔޭ.” މިއީ އެހެން މީހުންގެ އެނަރޖީއިން ތިމާގެ އެނަރޖީއަށް ވާގޮތް ސިފަކޮށްދޭ ވަރަށް ފުރިހަމަ މިސާލެކެވެ.

މިއަދުގެ ހަދިޔާގައި މިގެނެސްދެނީ އެހެންމީހުންގެ ނެގެޓިވް އެނަޖީން، ނުވަތަ އެސްފިނާޔާައި، ހަސަދަޔާ، އެހެނިހެން ކިލަނބުތަކުން ރައްކާތެރިވެލުމަށް، ﷲ سُبْحَانَهُ وَتَعَالَى ގެ ރަހުމަތްފުޅުން އަހަރުމެންގައި ވަށައިގެން ލައްވާފައިވާ ރައްކާތެރިކަމުގެ “ހެދުން” (އޯރިކް ފީލޮޑް) އިތުރަށް ވަރުގަދަ ކޮށް، ގަޔާއި ގުޅުވާލަދޭ، ޓެކްނިކެކެވެ. މިއީ އެނަރޖީ މެޑިސިންގެ ބާނީ ޑޯނާ އީޑަން ތައްޔާރުކޮށް، “ޒިޕްއަޕް” ގެ ނަމުން ނަންދީފައިވާ ވަރަށް ފަސޭހަ އުކުޅެކެވެ. ކޮންމެ ދުވަހަކުވެސް ހެދުނު މީހުންގެ ތެރެއަށް ނިކުތުމުގެ ކުރިން “ޒިޕްއަޕް” ކޮށްލަން އާދަ ކުރުމުން އެހެން މީހުންގެ ނެގެޓިވެ އެނަރޖީއިން ރައްކާތެރިވެ، ސެލްފް ކޮންފިޑެންސް އިތުރުވެ، ޔަގީންކަމާއެކު ކަންކަމާ ކުރިމަތިލާން ކެރޭނެއެވެ. އަދި އެއްވެސް ވަގުތެއްގައި ތިމާއަށް އެހެން މީހެއްގެ ފަރާތުން ނެގެޓިވް އިންފްލުއެންސްއެއް އިހުސާސްކުރެވޭނަމަ ވަގުތުން “ޒިޕްއަޕް” ކޮއްލުމުން ތިމާއަށް އޭގެ ނޭދެވޭ އަސަރެއް ނުކުރާނެއެވެ. ތިމާގެ ހަކަތަޔާ ހަމަޖެހުން ގެއްލިގެނެއްވެސް ނުދާނެއެވެ. މިއީ ވަރަށް އިފެކްޓިވް، ވަރަށް ފަސޭހަ އެނަރޖީ ޕްރޮޓެކްޝަން ޓެކްނިކެކެވެ.

ޒިޕްއަޕް ކޮއްލާ!

1. އެއްއަތުން ނުވަތަ ދެއަތުން މެދުހަށީގެ ތިރީގައި (ޕިއުބިކް އޭރިޔާގައި) ޖައްސާފައި މައްޗަށް ޒިބެއް ދަމާލާހެން ދެއަތް ހަށިގަޑުގެ މެދުން މައްޗަށް (ޖެކެޓެއްގެ ޒިބު މައްޗަށް ދަމާލާހެން) ގެންގޮސް ދަތްދޮޅިޔާ ތިރީތުންފަތާ ދެމެދު ޖައްސާލާފަ ތަޅެއް އަބުރާލާހެން ޓުވިސްޓް ކޮށްލާ.
2. މިގޮތަށް “ޒިޕްއަޕް” ކޮށްލަމުން “”رَبِّ نَجِّنِى مِنَ ٱلظَّـٰلِمِينَ” މިދުއާ ހިތުން ކިޔާލުން ރަނގަޅު.