English Edition
Dhivehi Edition

ޝައިނީގެ މޫނުމަތީގައި ހުރި ކުށްވެރިކަމުގެ ކުލަތައް ފޮރުވަން ކިތަންމެ ވަރަކަށް ވެސް އޭނާ އުޅުނެވެ. އެކަމަކު ފާތުން ހަމަ ސީދާ ކޮށް އެ ކޮށްލި ސުވާލުން އޭނާ ސިއްސައިގެން ދިޔައެވެ.

“ކީއްތަ ވީ މާޝާއަށް؟”

ޝައިނީ ސީދާ ޖަވާބެއް ނުދެއެވެ. އެކަމަކު އެހުރިހާ ކަމެއް އޭނާގެ މޫނުމަތިން ފާތުން އަށް ފެނިގެން ދިޔައެވެ.

“މަށަށް އެނގިއްޖެ ކަލޭމެން ދެމީހުން ވަދެ ތިބީ އެއްތަނަކަށް ކަން”،

ފާތުން ޔަގީން ކަމާއެކު ބުނެލިއެވެ. “މިއުޅެނީ ލަސްވެގެން. ކަލޭމެން ތިބީ ކޮންތާކު؟ އަވަހަށް ހިނގާ ދައްކަން.. އޭނާއަށް ވީގޮތެއް ވެސް ނޭންގެ”.

ޝައިނީއަށް މި ކަންތަކުގެ ބުރަދަން ވަޒަން ކުރެވިއްޖެއެވެ.

“އިތުރަށް އަޑު ގަދަ ނުކޮށްފާނަންތަ ފާތުން”، ޝައިނީއަކަށް އިތުރަކަށް ސިއްރެއް ނުކުރެވުނެވެ. އޭނާ ފާތުން ގޮވައިގެން އެ ޖިފުޓި ގަނޑަށް ދިޔައެވެ. އޭރު މާޝާ އޮތީ ބޮއްކުރާ ތެރެއަށް ވެއްޓިފައެވެ.

މޫސުން ރީތި ވެއްޖެއެވެ. ދުވަސްތައް ހަފުތާތަކަށްވެ ހަފްތާތައް މަސްތަކަށް ވެއްޖެއެވެ. މާޝާގެ ދަތުރުގެ ހާދިސާ މުޅި އޮފީހަށް ބޭޒާރުވެގެން ނުދިޔައީ ފާތުންގެ އެތައް ހިންމަތަކުންނެވެ. އެފަދަ ގޮތެއް ދިމާވުމުން އަގުވެއްޓިގެންދާނީ މާޝާގެ އެކަންޏެއް ނޫނެވެ. ޚުދު އޭނާވެސް ބަދުނާމު ވާނެއެވެ.

މާޝާއަކީ އޭނާގެސްކޫލު ދައުރުއްސުރެން އެންމެ ގާތް ގުޅުމެއް އޮންނަ ކުއްޖާއެވެ. ތިމާގެ ކަމެއް ނެތަސް އެއްބަޑުއެއްބަފާކަމުގެ ކުލުނު ޖެހިފައިވެއެވެ. ޝިހާދުވެސް އޭނާއަށް އެހާ އިތުބާރު ކުރެއެވެ. އެ އިތުބާރު ގެއްލުވާލާކަށް އޭނާ ބޭނުމެއް ނުވިއެވެ.

އެ ހިނގި ހާދިސާ އެދުވަހު ނުހިނގި ނަމައޭ އޭނާގެ ހިތަށް އެރިއެވެ. އެކަމުގެ އިލްޒާމުން އޭނާގެ ޒަމީރަކަށް އަދިވެސް ސަލާމަތެއް ނުވެވެއެވެ. މާޝާ ބޭރަށް ނުކުތް ކަމެއް އޭނާ ނުދެނެ ހުއްޓެވެ. ތާސްކުޅުމުގެ ފޯރީގައި އިނދެވުނު ވަގުތަކަށް ވީކަމެވެ. އެހެން ނޫނަސް ހަމަ ނުކުމެލާ ކޮންމެ ވަގުތަކު އެކަހަލަ ކަމެއް ދިމާވާނެއެކޭ ވެސް ހީކުރާނީ ކާކު ހެއްޔެވެ؟

ނަސީބަކުން އެކަންތައް އެހާ ހިސާބުން ހިންދާލެވުނީތީ އޭނާ އަށް ކޮންމެވެސް ހަމަޖެހުމެއް ލިބިއްޖެއެވެ. އެހެންނަމަވެސް އޭނާ ވާނީ އެ ކަމާބެހޭގޮތުން އެތައް ވާހަކައެއް މާޝާއާ ދައްކާފައެވެ. އެ ހިނގި ކަންތައްގަނޑުގެ ސަބަބުން މާޝާ ރުއި ރުއިން އޭނާ ފިޔަވައި އެނގޭނެ އެކަކުވެސް ނެތެވެ.

ދަތުރުދިޔަ ދުވަހުގެ ރޭ މާޝާ ގެޔަށް ގެނައީ ފާތުންއެވެ. ޝިހާދުގާތުގައި އޭނާ ބުނީ މާޝާ އަނބުރައިގަތީ ކަމަށެވެ. އެކަމަކު އެއަކީ ބޮޑު ކަމެއް ހެން ހީނުވާ ކަމަށެވެ. އެހެންވެ މާޝާއަށް އުނދަގުލެއް ނުވާގޮތަށް ބާއްވާފައި އޮތީއެވެ. ހެނދުނު ވީއިރު އޭނާ މުޅީން ރަނގަޅުވެއްޖެއެވެ. އެކަމަކު ޝިހާދު ދިޔަ އިރުވެސް އޭނާ ނުތެދުވެ އޮތީއެވެ.

މާޝާ އެދުވަހަކު އޮފީހަކަށް ނުދެއެވެ. އޮފީސް ނިންމާލާފައި ފާތުން އައުމުން މާޝާ ބުންޏެވެ.

.”ފާތުން، ދެން އަހަންނަކަށް ޝައިނީ ފެންނަ ހިސާބަކަށް ނުދެވޭނެ. އަހަރެން ދެން އޮފީހަކަށް ނުދާނަން”

ފާތުން ބުންޏެވެ. “ތިޔަ ކަމާ އަހަރެންވެސް ކުރާނީ ކީއް؟” ތިޔަ ގަނޑެއް ކަލޭ ނުގަތްނަމަ ތިހާ ހިސާބަކަށް ކަންތަކެއް ނުދިޔައީހެއްނު؟ ދެން އޮފީހަށް ދިއުން ހުއްޓާލީމާ ޝިހާދަށް ވާނީ ޝައްކެއް ނޫންތަ؟”

“ހެޔޮ. އަހަންނަކަށް ޝައިނީ އާ ހަތަރު ކަޅިއެއް ހަމައެއް ނުކުރެވޭނެ. އޭނާ ފެނުނީމާ އަހަންނަށް ވާނެ ގޮތެއްވެސް ނޭނގޭ. ފާތުން އަކަށް ނޭނގޭނެ. އަހަރެންގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެ.”

މާޝާ އޮފީހުން ކެނޑެން ސިޓީލާފައި އެދުވަހުން ފެށިގެން އޮފީހަށް ދިއުން ހުއްޓާލައިފިއެވެ..

ފާއިތުވެގެންދާ ކޮންމެ ދުވަހަކާއެކު މާޝާގެ ހަޔާތުގެ ބަގީޗާ މިލައި މޯޅިވާން ފަށައިފިއެވެ. ހިކި ހަނަފަސް ކަން އައިސް އޭނާގެ ނަފްސު އަނަރޫފަ ވާން ފަށައިފިއެވެ. އެ ރީތި ދެލޮލުގެ ވިދުވަރު ފަނޑުވެ ދިރިއުޅުމުގެ ބައްތީގެ ހުޅުކޮޅު ކަނިވާން ފަށައިފިއެވެ. ރެޔާ ދުވާލު ހޭދަވަނީ ބިރުވެރި ހުވަފެނެއްގެ ތެރޭގައެވެ. ހޭލާ ހުއްޓަސް ނިދާފައި އޮތަސް އެނޫން މަންޒަރެއް ހިތަކަށް ނާދެއެވެ. އެ ބިރުވެރި ތޫފާނީ ދުވަހެވެ. އެ ވެހެމުން ދިޔަ ބޯ ވާރެއެވެ. އެ ވިދަމުން ދިޔަ ގަދަ ވިދުވަރާއި އެ އިވެމުން ދިޔަ ގުގުރީގެ ގަދަ އަޑުފަތްގަނޑެވެ. ހައިރާންވަނީ އެ ހައިޖާނީ ވަގުތު މީން އެއްވެސް ކަމެއް އިހްސާސް ވަމުން ނުދިޔަކަމެވެ. މުޅި އޭނާގެ ނަފުސާ ފުރާނަ އެއްކޮށް އެހެން އާލަމަކަށް ދަތުރު ކުރެވިފައި ވާހެންނެވެ.

ހުއްޓުމެއް މެދުކެނޑުމެއް ނެތި ގަޑި ދޮޅުގަޑިއިރު އެ ހޭދަވެގެން ދިޔައީ ކޮންފަދަ މަސްތީ ދުނިޔެއެއްގައި ހެއްޔެވެ؟ މިކަންތައް ހިތަށް އަރާފައިބަމުން ދާ އަދަދުވެސް ނޭނގެއެވެ. އެ މަންޒަރުތައް ފެށުނީއްސުރެން ނިމެންދެން ކުރިއަށް ފަހަތަށް ދައުރު ކުރަމުން ދިޔައެވެ. ލޯ މަރާލިޔަސް ހިތެއް މަރައެއް ނުލެވެއެވެ. އެ މަންޒަރުތައް، އެޚިޔާލުތައް ރިޕީޓް ނުވާނެ ގޮތެއްވެސް ނެތެވެ.

މާޝާއަށް މި ވަމުންދާގޮތް ޝިހާދަށް ވަރަށް ރީއްޗަށް ފެންނަމުން ދެއެވެ. އެކަމާ އޭނާ ސުވާލު ކުރުމުންވެސް މާޝާ ހައްތާވެސް ބުނަނީ ކަމެއް ނުވެޔޭއެވެ.

އެހެން އޮފީހަކަށް ތަނަކަށް ދާންވީ ނޫންހޭ އޭނާ ބުންޏަސް މާޝާ ބުނަނީ ދާން ބޭނުން ނޫން ކަމަށެވެ. އެކަމާ ޝިހާދަށް ކުރެވޭނެ ކަމެއް ވެސް ނެތެވެ. އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތް ހުއްޓާލާފައި އައިސް މާޝާގެ ކާރިއަކު ވެސް ނުހުރެވޭނެއެވެ. އެހެން ނޫނަސް އޭނާ ގޭގައި ހުރުމެކޭ ނެތުމެކޭ މާޝާގެ މޫނުމަތީން ފެންނަ ތަފާތެއް ނެތެވެ. އޮންނާނީ އޮށޯވެގެންނެވެ. ނޫނީ ނިދާފައެވެ.

މިހާރަކަށް އައިސް މާޝާ ކެއުމަކަށް ވެސް ސަމާލުކަމެއް ނުދެއެވެ. ދުވަހެއް ދުވަހެއްވިއްޔާ ހިކެމުން އަނަރޫފަ ވަމުން ދެއެވެ. އެއްރެއަކު މާޝާ އޮތް ގޮތުން ކަންބޮޑުވެގެން ޝިހާދު އޭނާ ޓެކްސީއަށް އަރުވައިގެން އެ ދަންވަރު ހޮސްޕިޓަލަށް ގެންދިޔައެވެ. އޭރު އޭނާ ކާއެއްޗެއް ނުކާތާ ދެތިން ދުވަސް ވެފައިވާކަމެއް ޝިހާދަކަށް ނޭނގެއެވެ.

ހޮސްޕިޓަލަށް ދިޔަތަނުން އޭނާ އެޑްމިޓްކޮށް އައިވީ ގުޅައިފިއެވެ. އަދި ލޭނަގައި ޓެސްޓު ހަދަން ފަށައިފިއެވެ.

އަނެއް ދުވަހު ހެނދުނު ޑޮކްޓަރ ބަލާ ހަދާފައި ބުނީ މުޅީން އެހެން ކަހަލަ ވާހަކައެކެވެ.

މާޝާ އިނީ ބަލިވެ އެވެ!

ޝިހާދުގެ ހިތް އުފަލުން ފުރިފައިވެއެވެ. ތުންފަތްމަތީން ހިނިތުންވުމެއް ނުފެންނަ

އިރެއް ނާދެއެވެ. މިހާރު އޭނާގެ އަމިއްލަ ކާރެއް ދުއްވަންފެށުމުން ލިބޭ ފައިދާ ވެ.

އަދި އޭނާއަށް އިތުރު ހުސްވަގުތު ލިބި ގޭގައި ގިނަ ވަގުތު ހޭދަ ކުރެވެއެވެބޮޑެވެ.

ދަރިފުޅަށް ބޭނުންވާނެ އެކިކަހަލަ އެއްޗެހި ގެނަސް ގެ ފުރާލިއެވެ. ކޮޓަރީގެ ތެރޭގައި ތިރި ފަންގިފިލައެއް އަޅައިގެން އާ ކޮޓަރިއެއް ހަދައިފިއެވެ. އެއީ ވެސް ދަރިފުޅަށް ޚާއްސަ ކޮށްގެން ހެދި ކޮޓަރިއެކެވެ. ކޮމްޕިއުޓަރ ގޭމާއި އެކިކަހަލަ ކުޅޭ ކާރާއި ބަޑިޔާއި އޭތި މީތި ގަނެގެން އައިސް ގެޔަށް ލަމުން ގެންދިޔައެވެ.

ފާތުންއާއި އަދިވެސް އޮފީހުގެ ބައެއް ކުދިން އަބަދުހެން އައިސް މާޝާއާއެކު ވަގުތު ހޭދަ ކުރެއެވެ.

އެ ކުދިން އައިސް ނޫޅޭ ވަގުތެއް ފިޔަވައި މާޝާ ހޭދަކުރަނީ އަރާމު ކުރުމަށެވެ. ޝިހާދުވެސް އެދެނީ މާޝާ ގުޑާވެސްނުލާ އޮތުމެވެ. އެހެނީ އޭނާގެ ފުރަތަމަ ދަރިފުޅަށް ލޮޅުމެއްވެސް އެރުމަކީ ޝިހާދަށް ރުހެވޭނެ ކަމަކަށް ނުވެއެވެ.

އޭނާ ކޮންމެ ދުވަހަކު ވެސް ހުތް އަނބާއި ، ބިލިމަގާއި، ޏަމްޏަމާއި، މިހެންގޮސް ފާޑުފާޑުގެ މޭވާތަކާއި ތަރުކާރީ ގެނަސްދެއެވެ. އޭގެ އިތުރުން މޭވާ ދަޅުތަކާއި ޖޫސް ފުޅި ތަކާއި މީރުހެން ހީވާ ހުރިހާ ބާވަތެއްގެ ކާބޯ ތަކެއްޗެއް ގެނަސް ބަދިގެ ފުރާލައިފައި ވެއެވެ.

ރޭގަޑު ނިދަންވަންދެން އެކިކަހަލަ ކުޅިވަރު ކުޅެ މަޖާކުރަން ރައްޓެހި ކުދީން ތިބޭތީ މާޝާގެ މޫނުމަތީންވެސް މޮޅިވެރިކަން ފިލާފައި ހުންނަ ވަގުތުތައް މިހާރަކަށް އައިސް ފެންނަން ފަށައިފިއެވެ. 6 މަސް ފާއިތުވެގެން ދިޔަ ގޮތްވެސް އަވަހޭ ބުނެވޭ ވަރުވިއެވެ.

މާޝާ މާބޮޑަށް ބަލިވެއްޖެއެވެ. ހޮސްޕިޓަލަށް ގެންދިއުމާއެކު އެޑްމިޓްކޮށްފިއެވެ. ދަރިފުޅު ނުވަތަ މަންމަ ސަލާމަތް ކުރަން ޖެހުމުގެ ސުވާލު ކުއްލިއަކަށް އުފެދިއްޖެއެވެ.

ޝިހާދު ރެހާ ދުވާލު ހޭދަ ކުރަމުން ދިޔައީ ހޮސްޕިޓަލުގައެވެ. މާޝާއަކަށް ހިރިލުމުގެ ހުއްދައެއްވެސް ނޯވެއެވެ. އެކިކަހަލަ އިންޖެކްޝަންތައް ޖަހަމުން ގެންދިއައެވެ. ނޭނަގަމުން ޓެސްޓް ކުރަމުން ލޭ އަޅަމުންވެސް ގެންދަން ފަށައިފިއެވެ. އެންމެފަހުން ޖެހުނީ ކުއްލި ސަރޖަރީއެއް ހަދައިގެން ދަރިފުޅު ނަގާށެވެ.

ސިޒޭރިއަންގެ ވަގުތުވެސް އެހެންޏާއަށް ވުރެން ދިގުލަވާހެން ހީވިއެވެ. 10ޖެހި އިރުވެސް އަދި ވާގޮތެއް ނޭނގެއެވެ. އެންމެންވެސް ހަމަ ކެއްމަދު ވެފައި ތިބީއެވެ.

އެންމެ ފަހުން 11 ޖަހަން ކާރިވިތަނާ ޑަކްޓަރާއި ނަރުހަކާ ނުކުތެވެ.

އެމީހުންގެ މޫނުމަތީން ފެނުނު ކުލަވަރުން ކަމެއް ގޯސްވެއްޖެކަން ފާޅުވެފައި ވެއެވެ.

“މާޝާގެ ހާލު ރަނގަޅު” ޑޮކްޓަރ ރުން ކުރު ގޮތަކަށް ބުނެލިއެވެ.

“ދަރިފުޅު؟” ޝިހާދު އަވަހަށް ސުވާލު ކޮށްލިއެވެ

އެ ދެމެދަށް އަނގަބޭނީ ނަރުސް ކުއްޖާއެވެ.

…..””ދަރިފުޅު

.”އާ ބެހޭގޮތުން ދެވޭނީ ހިތާމަވެރި ޚަބަރެއް

“ކީކޭ” ޝިހާދު އަނބުރައިގެން ނުވެއްޓުނީ ކިރިޔާއެވެ.

“”ދަރިފުޅު ނެގި އިރު ފުރާނަހުރި. ލޭ އަޅާ ކުއްޖެއް

. “ތެލަސީމިކް” ޑޮކްޓަރ އޭގެ ރަނގަޅު ގޮތް ބުނެލިއެވެ

ވީމާ ސަލާމަތްވުމުގެ އޮތީ 50/50 ޗާންސެއް””

“ލޭ އަޅާ ކުއްޖެއް؟”

ޝިހާދު ހައިރާންވިއެވެ. “އެކަމަކު އަހަރެން މީ ކެރިއަރެއް ނޫން”.”

“މާޝާއަކީވެސް ކެރިއަރެއް ނޫން.”

ނަރުސް ކުއްޖާ އޮޅުން ފިލުވައިދިނެވެ

ޝިހާދުގެ ދުނިޔެ ކުއްލިއަކަށް ބަނަވެއްޖެއެވެ.

-ނުނިމޭ-