( ޤުލޫބް ކެޔަރ ގެ ރޯދަހަދިޔާ ސީރީޒް އަށް މަރުހަބާ! ޤުލޫބް ކެޔަރ އަކީ އެނަރޖީ ހީލިންގް އާއި ސެލްފް ކެޔަރ ގެ ހިދުމަތްދޭ ތަނެއް. އެނަރޖީ ހީލިންގް އަކީ އިންސާނާގެ ނަފްސާއި ހަށިގަނޑުގެ ދިރުމާ އިންނަ ގުޅުން ވަރުގަދަކޮށް ހަށިގަނޑުއޭގެ އަމިއްލަ ޒާތުގައި ދުޅަހެޔޮ ސިއްހަތަކަށް ރުޖޫއަވެ އެގޮތުގައި ދެމިހުރުމަށް އެހީތެރިވެދޭ ތެރަޕީއެއް. ގިނަ ދުވަހަށް ނުފިލާހުންނަ ތަދުތަކާ ބަލިތަކާ އުނދަގޫ ތަކަކީ އެނަރޖީ އިމްބަލަންސްގެ އަލާމާތްތަކެއް. މިކަހަލަ އުދަގޫ ތަހައްމަލް ކުރައްވާ ބޭފުޅުން ވަރަށް މުހިއްމު ވާނެ ބޭސްފަރުވާޔާ އެކުވެސް އެނާރޖީ ހީލިންގް ތެރަޕީއެއް ނެންގެވުން. އޭރުން އެ ބަލީގެ އަސްލު ސަބަބު ހައްލު ކުރެވޭނީ. އިންޝަ ﷲ ޤުލޫބް ކެޔަރގެ ހިދުމަތްތަކުން މީގެ ފަރުވާ ލިބޭނެ)
ޤުލޫބް ކެއަރ އިން މި ރަމަޟާން މަހު ގެނެސްދޭ މި ސީރީޒް ހާއްސަކޮއްލާނީ، އަހަރުމެންގެ އަމިއްލަ ނަފްސު ބާރުވެރި ކުރުވާ، ހަށިގަޑުގެ ޝިފާވެރިކަމަށް އިތުބާރުކޮށް ހަށިގަނޑު އޭގެ އަމިއްލަ ޒާތުގައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެނަރޖީ ބެލަންސް ކޮށްލަން އަމިއްލައަށް ކޮށްލެވިދާނެ ބައެއް އުކުޅުތަށް ހިއްސާކޮއްލުމަށެވެ. އެގޮތުން މިއަދުގެ ހަދިޔާ ޚާއްސަކޮށްލާނީ ރުޅި އިސްކުރެވޭވަގުތު ރުޅިގަނޑު މަިއިތިރި ކޮއްލުމުގެ މުހިންމުކަމަށެވެ.
“އިނގިރޭސި ބަހުގަ އޮންނަ މިސާލުބަހެއް އެއީ “ހަންގްރީ މޭން، އިޒް އަން އެންގްރީ މޭން” ބަނޑުހައި ކަންމަތީ ހުންނަ މީހާ ރުޅިގަދަވާނެޔޭ! މީ ވަރަށް ގިނަ މީހުން ގަބޫލުކުރާ ހަގީގަތެއް. އަދި އެކަން އެހެންވޭވެސްމޭ. ރަމަޟާންމަހު ރޯދަޔަށް ހުންނައިރު ރުޅި އާދެވުމަކީ ވަރަށް އާންމުކަމެއް. ބާޒާރު މަތިންނާ ގޭގެ ބަދިގެ ތެރެއިންވެސް މީގެ އަލާމާތްތައްފެނޭ. އެހެންވީމާ މިއަދު ހިނގާ ރުޅިއަށް ތަންކޮޅެއް ފުންކޮށް ބަލާލަން.”
ރުޅިއަކީ އިންސާނާ މީގެ އެތައް ޒަމާނެއްކުރިން މިނިކާ ޖަނަވާރުންގެ މެދުގައި އުޅުނު ޒަމާނުގައި ދަސްކޮށްފައިވާ ސަލާމަތީ އެކުޅެކެވެ. އިންސާނާ މިނިކާ ޖަނަވާރަކާ ކުރިމަތިލާންޖެހިއްޖެ ހާލަތުގައި އޭނަގެ ފުރާނަޔަށް ރައްކާތެރިވެ އެ ޖަނަވާރުގެ މައްޗަށް ގަދަވެގަތުމުގެ ނިޔަތުގައި އެވަގުތު އޭނާގެ ނިކަމެތިކަން ފޮރުވާލުމައްޓަކާ އޭނަގެ ހަށިގަނޑުގެ ނޫރު އަލިފާންގަޑެއްގެ ގޮތުގައި ދެއްކުމަށް “ޓްރިޕްލްވޯމަރ” އަޅާ ސަލާމަތީ ފިޔަވަޅެކެވެ.
ޓްރިޕްލްވޯމަރ އަކީ ހަށިގަނޑުގެ ދިފާއީ ވަޒީރުކަން އަދާކުރާ އެނަރޖީ މެރިޑިއަންއެކެވެ. އެވަގުތު، އެހާލަތުގައި އަޅަން މިއީ ވަރަށް މުހިއްމު ފިޔަވަޅެކެވެ. އެހެނަސް މީކީ އެދުވަހެއްނޫނެވެ. އެޒަމާނެއްވެސް ނޫނެވެ. މިއަދު އަހަރުމެން މިއުޅެނީ މިނިކާ ޖަނަވާރު ތަކެއްގެ މެދަކުވެސް ނޫނެވެ. ސުވާލަކީ މިއަދުގެ ދިރިއުޅުމުގައި ނިކަމެތިކަމެއް، ނުކުޅެދުންތެރި ކަމެއް އިހުސާސް ކުރެވޭ ކޮންމެ ވަގުތެއްގައި ތިބާގެ ނޫރު އަލިފާންގަނޑަކަށް ބަދަލުކޮށްލުން މުހިއްމުތޯއެވެ؟ ރުޅިއަންނަ ކޮންމެ ވަގުތެއްގައި އިންސާނާގެ ނަފްސުގެ ނޫރު ފިތި އަލިފާނުގެ ހޫނުކަމާ ކިލަނބުކަން ހަށިގަނޑު ގައި ފެތުރިގެންދެއެވެ. ތިމާ ބޭނުންވާކަމެއް ބޭނުންވާގޮތަށް ނުވާ ކޮންމެ ފަހަރަކު އަނެކުން ގެ މައްޗަށް ބާރުވެރިވާން ރުޅި އިސްކުރެވޭނަމަ، ހަނދާންކޮށްލަންޖެހޭ ހަޤީގަތަކީ މި އުޅެވެނީ ތިމާގައިހުރި ނިކަމެތިކަމެއް ފޮރުވަންކަމެވެ. އަދި ކަންކަން ފޮރުވަން އުޅުމަކީ ޖިންނި ޝައިތާނުންގެ އަމަލެއްކަމާއި، މިއީ ތިމާގެ އަމިއްލަ ނަފްސަށް ދެވޭ އަނިޔާއެއްކަން ހަނދާންކޮށްލުން މުހިންމެވެ.
މިއަދުގެ ހަދިޔާއެއްގޮތުން މިގެނެސްދެނީ، ރުޅި އާދެވޭ ވަގުތުތަކުގައި، އެ ރުޅިގަޑު ފޮޅާލާފައި، ތިމާގެ ނަފްސު ބާރުވެރި ކުރުވާލާނެ އުކުޅެކެވެ.
ރުޅިގަނޑު ފޮޅާލާ!
1. ފުރަތަމަ ރުޅިއައި ސަބަބު ނުވަތަ ރުޅިގަނޑު މަތިން ހަނދާންކޮއްލާނީ
2. ފުންކޮށް ނޭވާއެއް އެތެރެއަށް ލަމުން، ދެއަތް މުއްކަވާފައި ފުރަގަހަށް ދަމާ ގެންގޮސް ބޯމައްޗައް ހިއްލާލާ
3. ނޭވާ ބޭރުކޮއްލަމުން ދެއަތް ހަށިގަނޑުގެ މެދުން ވަރަށްބާރަށް ތިރިޔަށް ގެނެސް އަތްތިލަ ހުޅުވާލާ.
4. މިގޮތަށް 2 ފަހަރު ހަދާފައި، 3 ވަނަ ފަހަރު އަތް ތިރިކޮއްލާނީ ވަރަށް ލަސްލަހުން މަޑުމަޑުން “ޝްޝްޝް” އަޑުލައްވަމުން ގެނެސް އަތް ހުޅުވާލާ.
5. ދެއަތްތިލަ މެދުހަށީގެ ތިރީގައި (ޕިއުބިކް އޭރިޔާގައި) ޖައްސާފައި މައްޗަށް ޒިބެއް ދަމާލާހެން ދެއަތް ހަށިގަޑުގެ މެދުން މައްޗަށް ގެންގޮސް ދަތްދޮޅިޔާ ތިރީތުންފަތާ ދެމެދު ޖައްސާލާ. މިގޮތަށް “ޒިޕްއަޕް” ކޮށްލަމުން “أَسْتَغْفِرُ اللّٰهَ ” ދިލުން ކިޔާލުން ނުވަތަ ހިތުން ކިޔާލުން ރަގަޅު.
6. އެއަށްފަހު “ޓްރިޕްލް ވޯމަރ ސްމޫދީ” ހަދާލާ. (ރޯދަ ހަދިޔާ އާޓިކަލް 2 ގައި އިންނާނެ)